ރާއްޖެގެ އެންމެ އެކަހެރިކޮށް، ހުޅަނގު ބިތުގައި އޮންނަ މަކުނުދޫއަކީ މަސްވެރިވެ ރަށެވެ. ހދ އަތޮޅަށް ނިސްބަތްވާ އެރަށަކީ ރާއްޖޭގައި އޮންނަ އެންމެ ބޮޑު ފަޅުއެކުލެވިގެންވާ ރަށެވެ. މަކުނުދޫގެ ފަޅުގެ ތެރޭގައި އިތުރު 3 ފަޅު ރަށެއްވެސް އޮވެ އެވެ.
ރާއްޖޭގައި ފަތުރުވެރިކަން ފުޅާވަމުން މިދާ ހަލުވިކަމާއެކު ވެސް މިހާރު މަކުނުދޫވެސް ތައްޔާރުވަމުންދަނީ ފަތުރުވެރިކަމާ ދިމާއަށެވެ. ބިޔަ ފަޅަކާއި ދުނިޔޭގެ ފަރުތަކުގެ ތެރޭގައި ހިމެނޭ މިސަރަހައްދަކީ ފަތުރުވެރިކަމަށް އެންމެ ފައްކާ އެއް މަންޒިލެއްކަން ކަށަވަރެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވީ ދުނިޔޭގައި ފަތުރުވެރިކަން ފުޅާވެ ކުރި އަރަމުންދާ ވަރަކަށް ރާއްޖެވެސް އެމަންޒިލަށް ބާރު ސްޕީޑެއްގައި ކުރިއަރަމުންދާ ކަމަށެވެ. އަދި އެގޮތުން މިރަށްވެސް ފަތުރުވެރިކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޝާކިރު ވިދާޅުވީ ރަށުގެ ދެކުނު ފަރާތު ތުނޑި ފަތުރުވެރިކަމަށް ހުޅުވާލުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި މިހާރު މިނިސްޓްރީގެ ހުއްދަށް ލިބި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ކުރިން ހުއިފިލަނޑާ އާލާކުރުމަށް ދޫކޮށްފައިވާ އެސަރަހައްދުގެ މަސައްކަތް މިހާރުވަނީ ހުއްޓާލާފަ އެވެ. އެއީ އެއް ހެކްޓަރުގެ ބިމެކެވެ.
ޝާކިރު ވިދާޅުވީ އަންނަ ބިޑަށް ހުޅުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ލަސްތަކެއް ނުވެ ހުޅުވާލާނެ ކަމަށެވެ.