ކުޅުދުއްފުށީގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިދެއްވާ ދިދަ ނަންގައިވައިދެއްވީ ހައުންސިންގ މިނިސްޓަރު މުހައްމަދު މުއިއްޒެވެ.
މިއަދު މެންދުރުފަހު ހުޅުވި މިޖަގަހައަށް ދީފައިވަނީ “އަސުރުމާ” ޖަގަހަ އެވެ. ޖަހަގަ ހުޅުވުމަށް ފަހު ވަނީ އެޕާޓީގެ ފަރާތުން ކުޅުދުއްފުށީ ކައުންސިލަށާްއި އަތޮޅު ކައުންސިލަށް ކުރިމަތިލައި ކެނޑިޑޭޓުން ތައާރަފުކޮށްފަ އެވެ.
އެގޮތުން ކުޅުދުއްފުށީ ކައުންސިލަށް އަދި އަތޮޅު ކައުންސިލަށް ޕީޕީއެމް ޓިކެޓް ކުރިމަތިލާ ކެނޑިޑޭޓުންނަކީ ޝިއުނާ އާދަމް، އައިމިނަތު މަޖީދާ، އިބުރާހިމް އައްބާސް، އަހުމަދު ސަމީރު، ހަސަން ޝައްފާނު، މުއުމިނާ އިގްބާލު އަދި އުއްމުކުލްސޫމާ އިބުރާހިމެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީގައި ޕީޕީއެމްގެ ހަރަކާތްތައް އިތުރުކޮށް ޕާޓީގެ ރޫހް އަލާކުރުމަށް ޖެހޭ ކަމަށެވެ. އަދި މިފަދަ އިތުރު ޖަގަހަތައް ހުޅުވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެދިލެއްވި އެވެ.