twitterviber whatsapp telegramfacebookyoutube instagram
14th September 2025

ސްވައިން ފްލޫ ޖެހިގެން މަރުވި ބިދޭސީ މިހަކީ ށ އަތޮޅުގައި މަސައްކަތްކުރާ މީހެއް

Mar 20, 2017

ރާއްޖޭގައި މިހާރު ފެތުރެމުންދާ ސްވައިން ފްލޫ ޖެހިގެން ބިދޭސީއަކު އިއްޔެ ހަވީރު މަރުވެއްޖެ އެވެ.

ސްވައިން ފްލޫ ޖެހިގެން މަރުވެފައިވަނީ ށ. އަތޮޅުގައި ހަދާ ރިސޯޓެއް ކަމަށްވާ ގާކުރިނބީގައި މަސައްކަތް ކުރާމީހެކެވެ.

މި މީހާއަކީ ހުން ގަދަވެގެން ހދ. ކުޅުދުއްފުށިން ހޮނިހިރު ދުވަހު އައިޖީއެމްއެޗަށް ގެނައި 46 އަހަރުގެ ބަންގްލަދޭޝް މީހެއްކެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް “ސަން”އަށް ވިދާޅުވެފައިވަނީ މި މީހާ ވަނީ ސުވައިން ފުލޫއަށް ޓެސްޓު ކުރިއިރު އެ ބައްޔަށް އޭނާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީނާ މަރުވެފައިވަނީ ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ތަފާސްހިސާބުން ދައްކާ ގޮތުން ސުވައިން ފުލޫ ޖެހިގެން އިއްޔެ ޓެސްޓު ކުރި 36 މީހުންގެ ތެރެއިން 24 މީހެއްގެ ގައިން ސުވައިން ފުލޫއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355