twitterviber whatsapp telegramfacebookyoutube instagram
17th February 2026

ލަމީސް ފައުންޑޭޝަނުން ހަނިމާދޫ ޓީމަށް ޖާރޒީ ހަދިޔާކޮށްފި

Mar 21, 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހދ ހަނިމާދޫއިން ނެރޭ ޓީމަށް އެރަށުގެ ޖަމިއްޔާއަކުން ހިލޭ 2 ސެޓް ޖާރޒީ ހަދިޔާކޮށްފި އެވެ.

“ލަމީސް ފައުންޑޭޝަނުން” ހަނިމާދޫގެ ޓީމުގެ މިއަހަރު ބޭނުންކުރާނެ ރަސްމީ 2 ޖާރޒީގެ ސެޓްގެ އިތުރުން ބޯޅަ އައި ކޯން ވެސް ހަދިޔާކޮށްފައިވެ އެވެ.

ޖާރޒީ ހަދިޔާކުރުމަށްޓަކައި މިދިޔަ ހަފްތާ ތެރޭގައި ވަނި ހަނިމާދު ބަނދަރު ސަރަހައްދުގައި ހާއްސަ ހަފުލާއެއްވެސް ބައްވާފަ އެވެ. މި ހަފުލާގައި ހަނިމާދޫ ޓީމުން ބޭނުންކުރާނެ ޖާރޒީތައްވެސް ވަނީ ދައްކާލާފަ އެވެ.

ލަމީސްގެ ފައުންޑަރ މެމްބަރު އާދަމް ނާސިރު–

މިހަފުލާ ކުރިއަށްގެންގޮސްފައިވަނީ މަޝްރޫއު ލަވަ ކިޔުންތެރިޔާ ޔާމީން ބޭންޑްގެ ހިތްގައިމު ހުށަހެޅުންތަކާއެކު އެވެ.

މިހަފުލާގައި ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހުދީ އާއި ލަމީސް ފައުންޑޭޝަނުގެ ފައުންޑާ ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަދި ހައުންސިންގ މިނިސްޓްރީގެ ކޯޑިނޭޓަރު އާދަމް ނާސިރު ވަނީ ބައިވެރިވެއްލަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355