twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބިލެއްފަހީގެ ނަލަ ތުނޑީގައި ޓޫރިސްޓް ހޮޓަލެއް އަޅަން ހުޅުވާލަނީ

Mar 21, 2017

ށ. ބިލެއްފަހީގެ ނަލަ ތުނޑީގައި ޓޫރިސްޓް ހޮޓަލެއް ހެޅުމަށް މިނިސްޓްރީން ހުއްދަދެއްވާ މިއަދު އެމްއޯޔޫގައި ސޮއިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރު އެވެ. ބިލެއްފަހީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު އެވެ.

މިރަސްމިއްޔާތަށް ފަހު ކޭއޯއަށް ފޯނުން ދެއްވި އިންޓަވިއުގެ ބިލެއްފަހީ ކައުންސިލްގެ ރައީސް އަބުދުﷲ ޒިޔާދު ވިދާޅުވީ މިރަށުގެ ތުނޑީގައި ޓުރިސްޓް ހޮޓަލެއް އެޅުމުގެ ހުއްދަ މިނިސްޓްރީން ލިބިގެންދިއުމަކީ ރަށާއި އަތޮޅުގެ ތަރައްގީއަށް ކުރެވޭ އުއްމީދު ބޮޑުވެގެން ދިޔަ ކަމެއް ކަމަށެވެ. އެހެން ވުމުން ކުރިއަށް އޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި ބިޑް އެކުލަވާލައި ހުޅުވާލާނެ ކަމަށެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން–

އޭނާ ވިދާޅުވީ ޓޫރިސްޓް ހޮޓަލަށް ހުޅުވާލަނީ 50 ހާސް އަކަށް ފޫޓްގެ ބިމެއް ކަމަށެވެ. ކިއްތަ އެނދުގެ ހޮޓަލެއްކަން އަޅަން ނިންމާނީ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދެއްކުމަށް ފަހު ކަމަށް ޒިޔާދު ވިދާޅުވި އެވެ.

“އަޅުގަނޑުމެން ގަބޫލުކުރަނީ މިކަން ކާމިޔާބުކަމާ އެކު ކުރިއަށްގެންދެވިއްޖެ ކަމަށްވާ ނަމަ ރަށުން އެތައް ވަޒީފާއެއް އުފެދި، ރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާ އަދާކުރޭނެގޮތް ވުން” ބިލެއްފަހި ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ބިލެއްފަހީގެ ތުނޑި ސަރަހައްދު–

މިކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތު ބޮޑުވެގެން ގޮސް، ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި ތަރައްގީގެ ގޮތުން ގިނަ ކަންތައްތަކެއް ފަހި ވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޒިޔާދު ވިދާޅުވި އެެެވެ.

ބިލެއްފަހި މަތިން ފެންނަ ގޮތް–

ޒިޔާދު ވިދާޅުވީ ބިޑް ކާމިޔާބުކުރާ ފަރާތާ ދެމެދު ކައުންސިލުން ކަންތައްތަކެއް ޑިމާންޑް ކުރާނެ ކަމަށާއި އެގޮތުން ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހަމަޖެހުމާއި ރަށުގެ ތަރައްގީއަށް ކުރާ ކަންތައްތަކުގައި ބައިވެރިވުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355