twitterviber whatsapp telegramfacebookyoutube instagram
14th August 2026

80 ކޮޓަރިއާ އެކު ހޮނޑާފުށި އަންނަ މަހު ހުޅުވަނީ

Mar 21, 2017

80 ކޮޓަރިއާ އެކު ހޮނޑާފުށި ރިސޯޓު އަންނަ މަހު ހުޅުވާނެ ކަމަށް ރިސޯޓު ތަރައްގީކުރާ ތްރީއޭ ކުންފުނިން ބުނެފަ އެވެ.

“އަވަސް” އަށް މައުލޫމާތު ދެމުން ތްރީއޭ ކުންފުނީގެ ޑިރެކްޓަރު މޫސާ ޝިޔާމް ވިދާޅުވެފައި ވަނީ އަންނަ މަހު ހުޅުވުމަށް ހަމަޖެހިފައިވާ ހޮނޑާފުށި ރިސޯޓު ފުރަތަމަ ހުޅުވާނީ 80 ކޮޓަރި އާއި އެކު ކަމަށާއި އެއީ ގާތްގަނޑަކަށް 162 އެނދު ކަމަށެވެ.

އަދި ރިސޯޓު އެއްކޮށް ނިމޭއިރު 400 ކޮޓަރި ހިމެނޭނެ ކަމަށާއި ކޮޓަރި އެޅުމުގެ މަސައްކަތް ކުރިއަށް ދާނީ އަހަރު ތަކަށް ބަހާލައިގެން ކޮންމެ އަހަރަރު ވެސް 100 ކޮޓަރި އަޅައިގެން ހުޅުވާނެ ކަމަށް ޑިރެކްޓަރު މޫސާ ޝިޔާމް ވަނީ ބުނެފައި އެވެ.

މިއީ ގާތްގަނޑަަކަށް 150 މިލިއަން ޑޮލަރު ހޭދަވާ ރިސޯޓެއް ކަމަށްވާއިރު މިއީ ހަތަރު ތަރީގެ ރިސޯޓެކެވެ. އެހެން ނަމަވެސް ފަސް ތަރީގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ކުންފުނީގެ ޑިރެކްޓަރު މޫސާ ޝިޔާމް ވަނީ ބުނެފައި އެވެ.

ތްރީއޭ ކުންފުނީގެ 4 ހަތަރު ރިސޯޓެއް މިހާރުވެސް ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަމުންދެ އެވެ. އެއީ މެދުފުށި އައިލެންޑް ރިސޯޓާއި ފިލިތެޔޮ އައިލެންޑް ރިސޯޓާއި ބަތަލާ އައިލެންޑް ރިސޯޓުގެ އިތުރުން ޒިތާލީ މޯލްޑިވްސް ރިސޯޓެވެ.

މިއީ ހދ. އަތޮޅުގައި ހުޅުވިގެން ދާނެ ފުރަތަމަ ރިސޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355