twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިނިވަން ޗެންޕިއަންޝިޕް މާދަމާ ފަށަނީ، ތައްޔާރީތައް ކުރިއަށް

Mar 22, 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު މުބަރާތް ހުޅުވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގަ އެވެ. އަދި މުބާރާތްތައް ތައްޔާރުވުމުގެ ގޮތުން ކައުންސިލާއި ސްޓޭޑިއަމް ދަނީ ތައްޔާރީތަކެއް ވަމުންނެވެ.

ކުޅުދުއްފުށީ ކައުންސިލް މެމްބަރު އިބުރާހިމް އައްބާސް މިއަދު ކޭއޯއަށް ވިދާޅުވީ މުބާރާތް ފެށުމަށްވާ ޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި އަދި ތައްޔާރީތައް އެއްކޮށް ނުނިމޭ ކަމަށެވެ.

އިބުރާހިމް ވިދާޅުވީ ސްވައިން ފުލޫއާ ގުޅިގެން ބައެއް ކަންތައް މަޑުޖެހިފާ ވާތީ އެފްއޭއެމްއިން ސްޓޭޑިއަމް ތައްޔާރު ކުރުމަށް ފޮނުވަން ހަމަޖެހިފައިވާ ބައެއް ތަކެތި އަދި ނުލިބޭތީ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ތަކެތި ލިބޭނެ ކަމަށާއި މިއަދު ހުރިހާ ތައްޔާރީތަށް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތައް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރިން އަހަރު ވަނީ މެޗް ކުރިއަށްދާއިރު ކުނިކޮށީގައި ރޯވެ ދުން އެރުމުގެ ސަބަބުން މެޗް ކުޅުމަށް އުދަނގޫ ތަކަކާއި ކުރިމަތިލާން ޖެހިފައި އެވެ. މިކަމަށް ހައްލެއް ލިބިއްޖެތޯ ސުވާލުކޮށްލުމުން އިބުރާހިމް ވިދާޅުވީ ކުނި އެއްދުމާ ބެހޭގޮތުން ޕޮލިހާވެސް މަޝްވަރާކޮށްފައި ވާނެ ކަމަށާއި މިއަދުގެ ވަގުތެއްގައި ފެނަކައިގެ ބައްދަލުކޮށް އެކަމުގެ މަޝްވަރާ ކުރިއަށްގެންދާނެ ކަމަށެވެ.

ސްޓޭޑިއަމް ބުނީ މުބާރާތްތައް ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާ ކަމަށާއި މުބާރާތްތައް ސްޓޭޑިއަމް އޮތީ ތައްޔާރަށްކަމަށެވެ. އެގޮތުން ދަނޑު ތައްޔާރުކުރުމުގެ ކަންތައްވެސް ކުރިއަށްދާ ކަމަށް ސްޓޭޑިއަމް މައުލޫމާތުދެ އެވެ.

މާދަމާ މިނިވަން ޗެމްޕިއަންޝިޕް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި ކުރިނބީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355