twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ޓީމަށް ސަޕޯޓްކުރުމަށް ރަތްކުލައިގެ ހެދުމެއްގައި ދަނޑަށް ދިއުމަށް ކައުންސިލުން އެދެފި

Mar 22, 2017

މާދަމާ ފަށާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށީ ޓީމަށް ސަޕޯޓުކުރުމަށް ހުރިހާ ރައްޔިތުން ރަތް ކުލައިގައި ހެދުމެއް ލައިގެން ސްޓޭޑިއަމަށް ދިއުމަށް ކައުންސިލުން އެދެފި އެވެ.

ކުޅުދުއްފުށީ ކައުންސިލް މެމްބަރު އިބުރާހިމް އައްބާސް މިއަދު ކޭއޯއަށް ވިދާޅުވީ ޖާރޒީ ގަތުމުގެ ކުޅަދާނަކަން ނެތް ފަރާތްތަކުން ރަތްކުލައިގެ ހެދުމެއްގައި ނުވަތަ ފުއްޕާހަން ފަދަ ރަތްކުލަގެ އެއްޗެއް ހިފައިގެން ދަނޑަށް ދިއުމަށެވެ.

އަދި ކުރީ އަހަރު ކުޅުދުއްފުށިން ފެނިގެންދިޔަ ކަހަލަ ނަމޫނާ ސަޕޯޓަރުންތަކެއް މިއަހަރުވެސް މެޗުކުރިއަށްދާ ވަގުތު ސްޓޭޑިއަމުން ފެނިގެން ދިއުމަކީ ނުހަނު ބޮޑު އެދުމެއް ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

” މިދިއަ އަހަރު ސަޕޯޓަރުން މެދުކެނޑުމެއް ނެތި އެ ދެއްވި ތަރުހީބު މިއަހަރުވެސް ފެނިގެންދާނެ ކަމުގެ ވަރަށް ބޮޑު އުންމީދު ކައުންސިލަށް އެބަ އޮތް އަދި ކައުންސިލުންވެސް އޮތީ ސަޕޯޓަރުންނާއި ޓީމާ އެކު” އިބުރާހިމް ވިދާޅުވި އެވެ.

ސަޕޯޓަރުންގެ ތެރެއިން އިސްކޮށް އުޅޭ އޮފިޝަލަކު ކޭއޯއަށް މައުލޫމާތު ދެއްމުން ބުނީ ޓީމަށް ސަޕޯޓުކުރުމަށް ސަޕޯޓަރުން ވަރަށް ފޯރީގަ ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ސަޕޯޓަރުންގެ ޖަގަހައެއް ހަމަޖައްސާ، އެތަނުގައި ބޮލުގައި އަޅައި ބޭންޑާއި ސްކާފް ފަދަ ތަކެތި ތައްޔާރުކުރަމުން އަންނަ ކަމަށެވެ. ސަޕޯޓަރުންގެ ޖަގަހައެއް ގޮތުގައި ހަމަޖައްސާފައިވަނީ ގޭޖްގޭގެ ކަންމަތީ ސްޓޭޑިއަމްއާއި ދިމާ ބައެވެ.

އޭނާ ބުނީ މިދިޔަ އަހަރު ކުޅުދުއްފުށީ ރައްޔިތުން އެދެއްކި ފޯރިއާ ޖޯޝު މިއަހަރުވެސް ފެންނާނެ ކަމަށާއި އެކަމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. މިއަހަރުވެސް ސަޕޯޓަރުންގެ ފަރާތުން މުޅިން ތަފާތު ހަރަކާތްތަކެއް ފެންނާނެކަމަށް އޭނާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355