twitterviber whatsapp telegramfacebookyoutube instagram
13th April 2026

ކުޅުދުއްފުށީ ޓީމަށް ސަޕޯޓަރުންގެ ފަރާތުން ބޭނުންކުރާ ލަވަ ލޯންޗުކޮށްފި

Mar 23, 2017

މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށިން ނެރޭ ޓީމަށް ސަޕޯޓަރުން ފަރާތުން ބޭނުންކުރާ ލަވަ ރޭ ލޯންޗުކޮށްފި އެވެ.

ރޭ ކުޅުދުއްފުށީ ސަޕޯޓަރުންގެ ޖަގަހާގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާގައި ލަވަ ސީޑީ ވަނީ ކުޅުދުއްފުށީ ޓީމަށް ހަދިޔާކޮށްފަ އެވެ.

ޓީމުގެ ފަރާތުން ލަވަ ސީޑީއާ ހަވާލުވީ ޓީމުގެ ކެޕްޓަން އިބުރާހިމް ހަސަން (ކުޑަ އިއްބެ) އެވެ. ސަޕޯޓަރުންގެ ފަރާތުން ސީޑީ ހަވާލުކޮށްދެއްވީ ސިރާޖު އެވެ.

މިހަފުލާގައި ވާހަކަ ދައްކަވަމުން ސަޕޯޓުންގެ ފަރާތުން މުހައްމަދު ބުނީ ޓީމަށް ހިއްވަރު ދިނުމުގައި ޓީމުގެ ފަހަތުގައި އެކަތިކަނޑެއްގެ އޮންނާނެ ކަމަށެވެ. އަދި މިދިޔަ އަހަރަށް ވުރެ ފޯރިގަދަކޮށް ސަޕޯޓްކުރުމުގެ ދެމިތިބޭނެކަމަށް މުހައްމަދު ބުންޏެވެ.

ޓީމުގެ ކެޕްޓަނުން ކުޑަ އިއްބެ މި ހަފުލާގައި ވާހަކަ ދައްކަމުން ބުނީ މުބާރާތަށް ޓީމު އޮތީ ތައްޔާރަށް ކަމަށާއި ސަޕޯޓަރުންގެ ފަރާތުން ދައްކާ ހިއްވަރަށް ޝުކުރުއަދާކުރައްވާފަ އެވެ.

ލަވަ ސީޑީ ސްޕޮންސަރ ކޮށްފައިވަނީ ފޯމިކްސް ފިހާރައިންނެވެ. މިހަފްލާގައި ކުޅުދުއްފުށީގެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355