ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ ފިޔަވަތީގައި އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ތަމްރީން ފްރޮގްރާމް ހިންގުމަށްޓަކައި ފިޔަވަތީގެ މުވައްޒަފުންނަށް ޕަރމާޓާ މެލޭޝިޔާގައި ޓްރެެއިނިން ފްރޮގްރާމެއް ފަށައިފި އެވެ.
ތިން ހަފްތާއަށް މެލޭޝިޔާގެ ވެރިރަށް ކުއަލަރ ލަމްޕޫރުގައި ކުރިއަށް ގެންދާ މި ފްރޮގްރާމް ވަނީ ފިޔަވަތީގެ 5 ޓީޗަރުންނާއި މުވައްޒަފުން ބައިވެރިވެފައި ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ޖެންޑާ މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ތަމްރީން ފްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ފިޔަވަތީގައި ދިރިއުޅޭ 2 އަހަރާއި 5 އަހަރުގެ ކުދިންގެ ތައުލީމު ފެންވަރު ރަނގަޅުކޮށް އެ ކުދިން ޕްރައިމަރީ ސްކޫލަށް ތައްޔާރުވުމަށް އެހީވެދިނުމަށް ކަމަށެވެ.
ފިޔަވަތީގެ މުވައްޒަފުން މުވައްޒަފުންނަށް މިކަމަށް އިތުރަށް އަހުލުވެރިކުރުމަށްޓަކައި ތަމްރީން ފްރޮގްރާމް ނިންމުމަށް ޕަރމާޓާ މެލޭޝިޔާގެ ފަރާތުން ފިޔަވަތިއަށް ޒިޔާރަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ހުޅުމާލޭގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ ފިޔަވަތި އިފްތިތާހުކޮށްފައި ވަނީ 17 ފެބްރުއަރީ 2016 ވަނަ ދުވަހުއެވެ.