twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަލިފާނުގެ ހަރަކާތްތަކާއެކު މިއަހަރުވެސް ކުޅުދުއްފުށީގައި އާރތް އަވަރ ކުލަގަދަކޮށް ފާހަގަކުރަނީ

Mar 24, 2017

ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ގުރޫޕެއްކަމަށްވާ ބިލީފް އިން ކުޅުދުއްފުށީގައި މިއަހަރުގެ އާރތް އަވަރ ވަރަށް ފޯރިއާއެކު ފާހަގަކުރުމަށް ނިންމައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ބިލީފްގެ ފަރާތުން ބުނެފައި ވަނީ މި ފްރޮގުރާމް ކުރިއަށްދާނީ މާދަމާ ރޭ ޖަލާލުއްދީން ސްކޫލް ކުރިމަތީ އަމީނީމަގުގައި ރޭގަނޑު 8:30 އިން 9:30 އަށް ކަމަށެވެ.

މާދަމާ ރޭ 8.30 ން 9.30 އަށް ފާހަގަކުރާ އާތު އަވާރ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ކޮންމެހެން ބޭނުންކުރަންޖެހޭ ބޮކި، ހޮޅިބުރި ފަދަ ތަކެތި ފިޔަވައި އެހެން ހުރިހާ ބޮތްކަކާއި ހޮޅިބުރިތައް އެ އެއްގަޑިއިރަށް ނިއްވާލުމުގެ އިތުރުން ވީހާވެސް ގިނަ ދުއްވާ އެއްޗެހި ދުއްވުން މަދު ކުރުމަށް ބިލީފް އިން ވަނީ އެދިފައި އެވެ. އަދި މިކަމުގައި ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމަށް ބިލީފް އިން އެދިލައްވަ ވެއެވެ.

ބިލީފް އިން މައުލޫމާތު ދިން ގޮތުގައި މިހަރަކާތް ކުރިއަށްދާ ވަގުތު އެތަނަށް ހާޒިރުވާ ބައިވެރިންނަށް އުއްބަތި ބެހުމަށް ސްޓޯލް އެއް ހުޅުވިފައި ހުންނާނެ ކަމަށާއި އަދި  ދައްސޫރަ ބޮޑުބެރު ގުރޫޕުގެ ހަރަކާތްތައްވެސް ކުރިއަށް ދާނެ ކަމަށެވެ.

އަދި ކުޅުދުއްފުށީގައި އަލިފާނުގެ ކުޅިވަރުތަކެއް ދައްކާލާ ގުރޫފްއެއް ކަމަށްވާ “ފަޔާރ ފްރީކްސް” ގެ މޮޅު ހަރަކާތްތަކާއި ކުޅުދުއްފުށީގެ ބައިކް ސުޓަންޓް ހަދާ ގުރޫޕްއެއް ކަމަށްވާ “ސިންކްރޯނިކްސް ރައިޑާސް” ގެ ހަކަރާތް ތަކެއްވެސް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން މި ހަރަކާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޝުއޫރުފާޅުކުރުންވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އާރތް އަވާރ އަކީ، ދުނިޔޭގެ ހޫނުވުމާއި ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަރލްޑް ވައިލްޑް ލައިފް އިން 2007 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ހިންގަމުންގެންދާ ކެމްޕެއިނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355