މަސީހުގެ އިތުބާރު އޮތް ކަމަށް 48 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފި އެވެ.
މަސީހްގެ މައްޗަށް އިތުބާރު އޮތް ކަމަށް މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްވެފައިވާއިރު މިއަދުގެ ވޯޓްލުން ކުރިޔަށްދިޔަ އިރު މަޖްލީހުގެ ހާޒިރު 50 މެމްބަރުން ތިއްބެވިއެވެ.
މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގާފައިވަނީ ވަކިވަކިން މެންބާރުންނާއި ސުވާލުކޮށްގެން ނެވެ
މިއަދު ގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ހަމަނުޖެހުން ހިންގާ މަޖިލީހުގެ ނިޒާމް ގެއްލުވާލާފައި ކަމަށްބުނެ 13 މެންބަރެއްގެ ނަން ވެސް ވަނީ އިއްވާފަ އެވެ. އެގޮތުން ދެފަހަރެއްގެ މަތިން މަޖިލީސް މެދު ކަނޑާލުމަށް ފަހު ވޯޓާށް އަހާފައިވަނީ 4 ޖެހިއިރު އެވެ.
އިތުބާރު ނެތް ކަމުގެ ވޯޓު ވެއްދުމުގައި އިސްކޮށް އުޅުއްވި އަހުމަދު ފާރިސް މައުމޫން ވިދާޅުވީ މި މަސައްކަތް ނާކާމިޔާބުވި ކަމަކަށް ގަބޫލެއް ނުކުރާ ކަމަށެވެ. އަދި މި މައްސަލަ އަލުން ވައްދާނެ ކަމަށް އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.