twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ތިލަދުންމަތިން ބަންދު ކުރީ ކުޅުދުއްފުށީގެ ސްކޫލްތައް އެކަނި

Mar 27, 2017

ރޯގާއާއި ގުޅިގެން މި ހަފުތާގައި ސްކޫލުތައް ބަންދުކުރަން ސަރުކާރުން ނިންމައިފައިވާއިރު ތިލަދުންމަތިން ބަންދުން ކޮށްފައިވަނީ ހަމައެކަނި ކުޅުދުއްފުށީގެ ސްކޫލްތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އުތުުރުގެ އަތޮޅުތަކުން ބަންދު ކުރަން ނިންމާފައިވަނީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް، ޖަލާލުއްދީން ސްކޫލް އަދި ހދ އަތޮޅު ތައުލީމީ މަރުކަޒު އެކަނި ކަމަށާއި ށ އަދި ހއ ގެ އެއްވެސް ސްކޫލެއް ބަންދު ނުކުރާ ކަމަށެވެ.

މީގެ އިތުރުން ސްކޫލްތައް ބަންދުން ކުރަން ނިންމާފައިވަނީ ކުދިން ހާޒިރުނުވާ އަދަދަށް ބެލުމަށްފަހު އެޗްޕީއޭއިން ލަފާދެއްވާ ސްކޫލްތައް އެކަނި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މާލޭގެ ހުރިހާ ސްކޫލެއް ބަންދު ކުރުމަށް ނިންމާފައިވާއިރު އަތޮޅުތެރެއިން ހދ ފިޔަވައި ދެން ބަންދު ކުރުމަށް ނިންމާފައިވަނީ ރ. އިނގުރައިދޫ އަދި އުނގޫފާރު ސްކޫލެވެ.

މި ހަފްތާގެ ކުރިއަށް އޮތް 3 ދުވަހަށް ސްކޫލްތައް ބަންދުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން އިއުލާން ކުރެއްވީ މިއަދު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355