twitterviber whatsapp telegramfacebookyoutube instagram
8th June 2025

އަންނަ އާދިއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން އަލުން ފެށޭނެ: އެޑިއުކޭޝަން މިނިސްޓްރީ

Mar 30, 2017

ރޯގާއާއި ގުޅިގެން 28 މާރޗުގައި ކިޔެވުން މެދުކަނޑާލި ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު އަލުން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މެދުކަނޑާލެވުނު މަދަރުސާތަކުގެ ކިޔެވުން، އަލުން ފެށުން އެންމެ ރަނގަޅު ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ވަނީ އިރުޝާދު ދެއްވާފަ ކަމަށާއި އެހެންކަމުން 2 އޭޕްރީލް ވާ އާދިއްތަ ދުވަހު ސްކޫލް މަދަރުސާތަކުގެ ކިޔެވުން ފެށޭނެ ކަމަށެވެ.

ސްވައިން ފުލޫ ފެތުރެމުންދާ މިންވަރު ގިނަވުމުގެ ސަބަބުން ފުރަތަމަ ސްކޫލްތައް ބަންދު ކޮށްފައިވަނީ މިމަހު 14 ވަނަ ދުވަހުއެވެ. އެއަށްފަހު ފުރަތަމަ ޓާރމް ގެ ބަންދު ހަފްތާއަށް ފަހު އަލުން ސްކޫލްތައް ހުޅުވާފައިވަނީ މިމަހު 26 ވަނަ ދުވަހު އެވެ. ނަމަވެސް ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރުމާއެކު އަނެއްކާވެސް މިދިޔަ 28 ވަނަ ދުވަހު ސަރުކާރުން ވަނީ މާލޭގެ ސްކޫލްތަކާއި އަތޮޅުތެރެއިން 3 ރަށެއްގެ ސްކޫލްތައް ބަންދުކޮށްފަ އެވެ.

އަތޮޅުތެރެއިން ސްކޫލްތައް ބަންދުކޮށްފައި ވަނީ ކުޅުދުއްފުށީގެ 3 ސްކޫލާއި، ރ. އިނގުރައިދޫ އަދި އުނގޫފާރު ސްކޫލެވެ.

އަތޮޅުތެރެއިން ސްކޫލްތައް ބަންދުކޮށްފައިވަނީ ކުދިން ހާޒިރުނުވާ އަދަދަށް ބެލުމަށްފަހު އެޗްޕީއޭއިން ލަފާދެއްވި ސްކޫލްތައް އެކަންޏެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com