twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ދިރާގުގެ މުވައްޒަފުންނާއި އާއިލާއަށް އިންފުލުއެންޒާ ވެކްސިން ޖަހައިދެނީ

Apr 1, 2017

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ H1N1 ވައިރަހުން ރައްކާތެރިވުމަށްޓަކައި ދިރާގުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް އިންފުލުއެންޒާ ވެކްސިން ޖެހުމުގެ އިންތިޒާމު އެކުންފުނިން ހަމަޖައްސައިދީފި އެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެކުންފުނީގެ މުވައްޒަފުންނާއި އާއިލާއަށް ދިރާގު ހެޑް އޮފީހުން ވެކްސިން ޖަހައިދީފައެވެ. އަދި ސެނަހިޔާ ހޮސްޕިޓަލާ ގުޅިގެން ވެސް ބުރާސްފަތި ދުވަހު ވަނީ އެ ހޮސްޕިޓަލުގައި މުވައްޒަފުންގެ 3 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖައްސައި ދީފަ އެވެ.

މިވެކްސިން ޖެހުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދުވަހަކަށް ބަހާލައިގެން ކަމުން ދެން ވެކްސިން ޖެހުން އޮތީ މިއަދު ދިރާގު ހެޑް އޮފީހުގަ އެވެ.

ދިރާގުގެ މުވައްޒަފުންނާއި އަދި މުޅި މުޖުތަމައުގެ ދުޅަ ހެޔޮ ކަމާއި ރަގަޅު ސިއްހަތަކީ އެކުންފުނިން ނުހަނު އިސްކަން ދޭ ކަމެއް ކަމަށް ދިރާގުން ބުނެއެވެ.

މީގެ ދުވަސް ކޮޅެއް ކުރިން ދިރާގުގެ ހެޑް އޮފީހުގައި މުވައްޒަފުންނަށް އެމް.އެމް.އާރް ވެކްސިން ޖެހުމުގެ އިންތިޒާމު ވެސް ދިރާގުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން H1N1 ވައިރަހާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން އިންތިޒާމު ކުރި ކޯލް ސެންޓަރ ގާއިމު ކުރުމަށްވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355