މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން އިނދަޖައްސާލައި، ދުވަހަކަށް ވުރެ ދުވަހެއް ރައްޔިތުންނަށް އުދަނގޫ ކުރުމަށްކަމަށް އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެޕްޑީޕީ ޓިކެޓުން ވާދަކުރައްވާ ސަމާ އަލީ ވިދާޅުވެއްޖެ އެވެ.
ސަމާ މިހެން ވިދާޅުވީ ރޭ ބަންޑާރަ މައިދާނުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިއަދުގެ ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް އުނދަގޫކޮށް ތަކެއްޗާއި ކަރަންޓުގެ އަގުބޮޑުކޮށް ރައްޔިތުން އިނދަ ޖައްސަންކަމަށާއި ދުވަހެއް ދުވަހަކަށް ދަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެއްޗާއި އަދި ކަރަންޓުގެ އަގުބޮޑުވަމުން ކުރަމުން ކަމަށެވެ.
އަދި ކަަރަންޓުގެ އަގުބޮޑުކުރި އިރު އަގު އުފުލާފައިވަނީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭ ވަރަކަށް ނޫން ކަމަށާއި މިއީ ދިވެހި ރައްޔިތުންނަށް މިސަރުކަރުން ދިން ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށްވެސް ސަމާ ވިދާޅުވި އެވެ.
” އަޅުގަނޑުމެން ސިޓިންރޫގްގައި އާއިލާ މެންބަރުންނާއި އެއްކޮށް ޖަމާވެލައި ސިޓިންރޫގްގައި ޖަހާލާ ފަންކާވެސް، ކަރަންޓް އަގުބޮޑުވުމުގެ ސަބަބުން މިހާރު މި ޖެހެނީ ނިވާލައިގެން ތިބެން، މީ ކިހާ ބޮޑު ހިތްދަތި ކަމެއްތޯ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް މި ސަރުކާރުން މި ދެމުން ދަނީ” ސަމާ ވިދާޅުވި އެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަކީ ހދ އަތޮޅުގެ ހުރިހާ ރަށްރަށަކުންވެސް ބޭސްފަރުވާ ހޯދަމުންދާ ހޮސްޕިޓަލެއް ކަމަށާއި މާލޭގައި ރޯގާ ކުލިނިގެން އުފެދުންއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ރޯގާ ކުލިނިކެއް ނުހުޅެވުނީ ކީއްވެތީ ސަރުކާރާ ވަނީ ސުވާލުކޮށްފަ އެވެ.
އަދި ރާއްޖެތެރޭ ބޭފުޅުންނަކީ މި ސަރުކާރަށް ފެންނަ ބައެއް ނޫންކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ކުރަމުން ގެންދާ އުނދަގޫތަކަކީ އެންމެނަށް އެނގޭ ކަމެއް ކަމަށްވެސް ސަމާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އަޅަން ވައުދުވި އެއާރޕޯޓަކީވެސް ދެއްކި ދަޅައެއް ކަމަށާއި ރައްޔިތުން އެކީ ނުކުމެ މި އަޑުތައް ސަރުކާރަށް އިއްވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.