ހަނިމާދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅި ފުލުހުން އެރަށުގައި ނައްތާލައިފި އެވެ
މިއަދު ހަނިމާދޫ ޕޮލިސް ސްޓޭޝަނުންގައި ނައްތާލައިފައިވަނީ 2016 ވަނަ އަހަރާއި މިއަހަރު މިހާތަނަށް ހަނިމާދޫ އެއާޕޯޓުން ހިފަހައްޓާފައިވާ ބަނގުރަލުގެ ބާވާތްތަކުގެ ތެރެއިން ތެރެއިން މައްސަލަ ނިމިފައި ހުރި ބައެވެ.
ފުލުހުން ބުނީ މިއަދު ނައްތާލި ބަނގުރާ ފުޅިތަކަކީ ރާއްޖޭގެ އައުމަށްފަހު އެބުރި ދާ ޓޫރިސްޓްގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ.
އެގޮތުން މިއަދު 82 ކޭހުގެ ޖުމުލަ 133 ފުޅި ބަނގުރާރާ ވަނީ ނައްތާލާފަ އެވެ. ބަނގުރާފުޅިތައް ނައްތާލައިފައިވަނީ ކަމާ ބެހޭ މުވައްސަސާތަކާއި ނޫސްވެވެރިންގެ ހާޒިރުގަ އެވެ.
މިދިޔަ ޖެނުއަރީ މަހުވެސް ވަނީ ހަނިމާދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިި އާއި ބިޔަރު ދަޅު ފުލުހުން އެރަށުގައި ނައްތާލާފަ އެވެ. އެގޮތުން އެފަހަރު ޖުމަލް 147 ފުޅި ބަނގުރާ ވަނީ ނައްތާލާފަ އެވެ.