ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ފްލީޓަށް އިތުރު ބޯޓެއް ގެނެސްފި އެވެ.
ޓީއެމްއޭއިން ބުނިގޮތުގައި ކެނެޑާގެ ކަލްގަރީ ސިޓީން ރޭގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނައި މި ބޯޓަކީ ޓީއެމްއޭގެ ކުންފުންޏަށް ޑި ހާވިލޭންޑް ޑީއެޗްސީ-6 މަރުކާ އިން އަލަށް ގެނައި ބޯޓެއް
އޭގެ އިތުރުން ރާއްޖޭގައި އަލަށް ގިނަ ރިސޯޓްތަކެއް ހުޅުވިގެން ދާތީއާއި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނާތީ އެ އެއާލައިންއަށް ބޯޓުތައް އިތުރުކުރަނީ ކަމަށް މައުލޫމާތު ލިބެއެވެ.
އަދި މިއަހަރުގެ ތެރޭގައި އިތުރު ބޯޓުތައް ރާއްޖެއަށް ގެނައުމަށް އެކުންފުނިން ހަމަޖައްސާފައިވާ ކަމަށެވެ.
ޓީއެމްއޭ އަކީ ދުނިޔޭ ސީޕްލޭން އޮޕަރޭޓްކުރާ އެންމެ ބޮޑު ކުންފުންޏަށް ވެފައި ވާއިރު ކުރީއަހަރު ވެސް ވަނީ ޓްވިން އޮޓާ މަރުކާގެ ބޯޓެއް އެ އެއާލައިނުގެ ފްލީޓަށް ގެނެސްފަ އެވެ.