twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެފްއޭއެމްގެ ރައީސް ކުޅުދުއްފުށީ ސަޕޯޓަރުންނަށް ތައުރީފުކޮށް، ހިތްވަރުދެއްވައިފި

Apr 5, 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށީގެ ޓީމަށް ކުޅުދުއްފުށީ ސަޕޯޓަރުންގެ ދެމުންގެންދާ ތަފާތު، އާދަޔާ ހިލާފު ސަޕޯޓަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމްގެ) ރައީސް ބައްސާމް އަދީލް ޖަލީލު ތައުރީފު ކުރައްވައި ހިތްވަރު ދެއްވައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު މިއަދު ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ ކުޅުދުއްފުށީ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދަނީ އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ސަޕޯޓަރުންދޭ ސަޕޯޓަށް ވުރެ ވަރަށް ތަފާތު ފޯރިގަދަ އަދި ފުޓްބޯޅައިގެން ޖޯޝުގައި ދެވިގެންދާ ސަޕޯޓެއް ކަމަށެވެ.

ކުޅުދުއްފުށީސަޕޯޓަރުން ސެމީ ދިދަ ،މިއީ ރައްޖެގައި މިހާތަނަށް ދަނޑަކަށް ވެއްދި އެންމެ ބޮޑު ދިދަ–

” އަޅުގަނޑަށް ހީވަނީ އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ސަޕޯޓަރުން ދޭ ސަޕޯޓަށްވުރެ ވަރަށް ތަފާތު ސަޕޯޓެއް ވަރަށް ފޯރިގަ ވަރަށް ޖޯޝުގައި ވަރަށް އެކުވެރިކަމާއެކީގައި ތަރުހީބު ދެވިގެންދާތަން މިފެނިގެންދަނީ. އަދި ވަރަށް ތަފާތު ކަންތައްތަކެއް ކުރަމުން” އެމްއޭއެމްގެ ރައީސް ވިދާޅުވި އެވެ.

ބައްސާމު ވިދާޅުވީ މިދިޔަ އަހަރު ގަލޮޅު ދަނޑުވެސް ކުޅުދުއްފުށީ ސަޕޯޓަރުންގެ ވަރަށް ތަފާތު އަދި ފުޓްބޯޅައިގެ ޖޯޝު ސަޕޯޓުކުރަމުން ދިޔަ ތަން ފެނުނުކަމަށާއި މިއަހަރު އަތޮޅު މުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސްޓޭޑިއަމްއިން ސަޕޯޓަރުންގެ ފޯރި ފެނިގެންދިޔަ ކަމަށް ބައްސާމު ވިދާޅުވި އެވެ.

“މިފަހަރު އަތޮޅު މުބާރާތް ފެއްޓުމުގައި އަޅުގަނޑަށް ލިބުނު އެފުރުސަތު ބަލާލަން ކުޅުދުއްފުށީގައި މިކަން ކުރާ ގޮތްވެސް. އަޅުގަނޑު ވަރަށް އުފާވޭ، މިވަގުތު އެފްއޭއެމްއާ ހަވާލުވެ ހުރި ފަރާތެއްގެ ގޮތުން ކުޅުދުއްފުށިން ދެއްވާ ތަރުހީބު. ތަފާތު، އާދަޔާ ހިލާފު ކަންތައްތަކެއް ފުޓްބޯޅައިގައި ތަރުހީބު ދިނުމަށް ރާވަމުން އަބަދުވެސް ގެންދަވާތީ” ބައްސާމު ވިދާޅުވި އެވެ.,

ބައްސާމު ވިދާޅުވީ މިއަހަރުވެސް ކުޅުދުއްފުށި ސަޕޯޓަރުންގެ ފަރާތުން ސަޕޯޓުކުރުމަށް އާދަޔާ ހިލާފު ކަންތައްތަކެއް ފެނިގެންދާ ކަމަށެވެ. އަދި ތަރުހީބު ދިނުމަށް އިތުރު އާ ކަންތައްތަކެއް ޒުވާނުުންނާއި ރައްޔިތުން އެކުގައި ކުރާ މަސައްކަތް ފެނިގެންދާތީ އުފާ ކުރައްވާކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށިގެ ސަޕޯޓަރުންތަކެއް–

މިކަހަލަ ކަންކަމަކީ އެއްދުވަހުން ދެ ދުވަހުން ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި ވަރަށް ބޮޑެތި ޕްރެކްޓިކްސްތައް ކުރެވިގެން ދުރާލާ ތައްޔާރުވެގެން ކުރާ ކަންތައްތައްކަން ސަޕޯޓުކުރާ މަންޒަރު ފެނުމުން އެނގިގެންދާ ކަމަށެވެ. އެކަމުގެ ފުޓްބޯޅައަށް ލިބިގެންދާ އުޖާލާކަން ބޮޑުވެ، ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެފްއޭއެމްއަށްވެސް ލިބިގެންދާ ވަރަށް ބޮޑު އެއްބާރުލުމަކަށް އަދި ހިތްވަރަކަށްވެސް މިކަން ވެގެންދާކަމަށް ބައްސާމު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355