twitterviber whatsapp telegramfacebookyoutube instagram
23rd May 2025

އުރީދޫގެ ސީއީއޯ ކަމަށް އާ ބޭފުޅަކު އައްޔަނުކޮށްފި

Apr 5, 2017

ކުރީގެ ސީއީއޯގެ މަގާމުގައި ހުންނެވި ވިކްރަމް ސިންހަ މެނޭޖިންގ ޑިރެކްޓަރ ކަމަށް ބަދަލުކޮށް، އުރީދޫ މޯލްޑިވްސް ޕީއެލްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް ނަޖީބް ޚާން އައްޔަނުކޮށްފި އެވެ.

އުރީދޫއިން މައުލޫމާތު ދޭގޮތުގައި ނަޖީބް ޚާން އަކީ މުވާސަލާތީ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށެވެ. އަދި 2014 ވަނަ އަހަރު އުރީދޫ ގްރޫޕްގައި މަސައްކަތް ކުރި ބޭފުޅެއް ކަމަށާއި މި ފާއިތުވި ދެއަހަރު ތެރޭގައި ނަޖީބް ޚާން މަސައްކަތް ކޮށްފައި ވަނީ އުރީދޫ ގްރޫޕްގެ ކޮމާޝަލް ޑިވިޝަންގެ ބިޒްނަސް ސަރވިސާސް ޓީމްގެ އިސްވެރިއެއްގެ މަގާމުގައި ކަމަށެވެ.

މީގެ އިތުރުން ބާރްތީ އެއާރޓެލް ލިމިޓެޑްގެ ހޯމް އެންޑް އޮފީސް ބިޒްނެސްގެ ސީއީއޯގެ ގޮތުގައި ވެސް ނަޖީބް މަސައްކަތްކުރި ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއަށް މި ގެނައި ބަދަލާ ގުޅިގެން އުރީދޫގެ ޗެއަރމަން ޚާލިދް އަލް މަޙްމޫދް ވިދާޅުވެފައި ވަނީ އުރީދޫ އަށް ލބިގެންދާ ކާމިޔާބީގައި ވިކްރަމް ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ވިކްރަމް އަށް މަރުހަބާ ދެންނެވުމާއި އެކު، އެކުންފުނީގެ ސީއީއޯ ގެ މަގާމަށް ނާޖިބްއަށް ވެސް މަރުހަބާ އަދި މި ކާމިޔާބު ދަތުރު އިތުރަށް ކުރިޔަށް ގެންގޮސްދޭނެ ކަމަށް ޗެއާމަން ޔަޤީންކުރައްވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355