މިނިވަން ޗެމްޕިއަންޝިޕްގައި ހދ އަތޮޅު ފައިނަލު މެޗުގައި އިއްޔެ ކުޅުދުއްފުއްޓާއި ހަނިމާދޫ ބައްދަލުކުރި މެޗުގައި ދަނޑަށް ވަން ހަނިމާދޫ ސަޕޯޓަރުންނަށް ހާލުފޮޅި ބަހައިފި އެވެ.
ހާލުފޮޅިއަކީ ކުޅުދުއްފުއްޓަށް ހާއްސަ ކާނާއެކެވެ. ކުޅުދުއްފުށީ ސަޕޯޓަރުންގެ އިސް ފަރާތެއް ބުނީ އިއްޔެގެ މެޗުގައި ކުޅުދުއްފުށީގެ ސަޕޯޓަރުންގެ ފަރާތުން ހަނިމާދޫގެ ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި ހާލުފޮޅި ބަހާފައިވާކަމަށެވެ.
ކުޅުދުއްފުށީ ސަޕޯޓަރަކު ހަނިމާދޫ ސަޕޯޓަރުންނަށް ހާލުފޮޅި ބަހަނީ–ފޮޓޯ: އައިވެލް
އެގޮތުން 2000 ހާލުފޮޅި ބަހާފައިވެ އެވެ. އިއްޔެގެ މެޗު ބެލުމަށް ގިނަ ހަނިމާދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވާއިރު އަތޮޅުންވެސް ގިނަ އަދަދެއްގެ މީހުން މެޗު ބެލުމަށް ދަނޑަށް ވަދެފައިވާކަން ފާހަގަކުރެވެ އެވެ.