މިނިވަން ޗެމްޕިއަންޝިޕްގައި ފުޓްބޯޅަ މުބާރާތް ފެށުނީސުރެއް ކުޅުދުއްފުށީ ޓީމަށް ހިތްވަރުދީ ސާބަސް ދިނުމުގެ ގޮތުން ކުޅުދުއްފުށީ ސަޕޯޓަރުން ދަނީ ތަފާތު އާ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.
ހިރިމަރަދޫ އާއި ކުޅުދުއްފުށީ ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކުޅުދުއްފުށީ ސަޕޯޓަރުންވަނީ ދަނޑަށް ބޮޑު ދިދައެއް ވައްދާ ރިކޯޑް މުގުރާލާފަ އެވެ. ކުޅުދުއްފުށީ ޓީމު ކުޅޭ ކޮންމެ ދުވަހަކުވެސް ސަޕޯޓަރުންދަނީ ތަފާތު ގިނަ އާދަޔާ ހިލާފު ކަންތައްތަކެއް ކުރަމުންނެވެ.
ބޮޑު ޖާރޒީ އާއި ބޮޑު ދިދަ ކުޅުދުއްފުށީ ސްޓޭޑިއަމް ދަނޑުގަ،އި–ފޮޓޯ: އައިވެލް
އެގޮތުން އިއްޔެ ކުޅުނު ފައިނަލް މެޗުގައި ކުޅުދުއްފުށީ ސަޕޯޓަރުންވަނީ 12 ވަނަ ކުޅުންތެރިޔާ ރަމްޒުކޮށް، ކުޅުދުއްފުށީ ޓީމުގެ ބޮޑު ޖާރޒީއެއް ދަނޑަށް ވައްދާފަ އެވެ. 30 ފޫޓް ފުޅާ 34 ފޫޓް ދިގު ޖާޒީވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.
ކުޅުދުއްފުށީ ސަޕޯޓަރުންގެ އިސް އޮފިޝަލަކު ބުނީ މިހުރިހާ ކަމަކުންވެސް އެނގިގެންދަނީ ކުޅުދުއްފުށީ ޓީމަށް ސަޕޯޓަރުންގެ ފަަރާތުން އޮންނަ އާދަޔާ ހިލާފު ލޯބި ރަމުޒުކޮށްދޭކަމެއް ކަމަށެވެ.