twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެފްއޭއެމްގެ އޮފީހެއް ކުޅުދުއްފުށީގައި ގާއިމުކުރަނީ

Apr 6, 2017

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމްގެ)އިން ރާއްޖޭގެ އުތުރުގައި ހުޅުވާ އޮފީސް ގާއިމުކުރަން ހަމަޖެހިފައިވަނީ ކުޅުދުއްފުށިގައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ފުޓްބޯޅަ ކުރިއެރުވުމަށް އަމާޒުކޮށްގެން އައްޑޫގައި ވަނީ އެފްއޭއެމްގެ އޮފީހެއް މިދިޔަ އަހަރު ހުޅުވާފަ އެވެ.

ކޭއޯއަށް ދިން އިންޓަވިއުގައި އެފްއޭއެމްގެ ރައީސް ބައްސާމު ވިދާޅުވީ އުތުރުގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ގާއިމުކުރާ އޮފީސް ކުޅުދުއްފުށީގައި ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި މިއަހަރު ހުޅުވޭތޯ މަސައްކަތް ކުރައްވާނެކަމަށް ބައްސާމު ވިދާޅުވި އެވެ.

ބައްސާމު ވިދާޅުވީ އެފްއޭއެމްގެ ހިންގާ ގަވައިދު ބުނާގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އެފްއޭއެމްގެ އޮފީސް ގާއިމުކުރަންޖެހޭ ކަމަށެވެ. އެގޮތުން އައްޑޫގައި އޮފީސް ހުޅުވިފައިވާ ކަމަށެވެ. ދެކުނުގައި އައްޑޫގައި ގާއިމުކުރެވިފައިވާއިރު އުތުރުގައި ކުޅުދުއްފުށިގައި ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު މެދުރާއްޖޭތެރޭގައި އެފްއޭއެމްގެ އޮފީހެއް ގާއިމުކުރާ ރަށެއް އަދި ހަމަނުޖެހޭ ކަމަށެވެ

”ވަސީލަތްތަކާއި ހުރިހާ ގޮތަކަށް ބަލާފައި އާބާދީއަށްވެސް ބެލުމަށްފަހުގައި ކުޅުދުއްފުށީގައި އޮފީސް ގާއިމުކުރާނީ. އިރާދަކުރެއްވިޔާ އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި ކުޅުދުއްފުށިގައި އޮފީސް ގާއިމުކުރުމުގެ މަސައްކަތް ފެށި. މިއަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިޔާ ހުޅުވޭތޯ މަސައްކަތްކުރާނަށް” އެފްއޭއެމްގެ ރައީސް

ބައްސާމު ވިދާޅުވީ ކުޅުދުއްފުށީގައި ގާއިމުކުރާ އޮފީސް ވެގެންދާނީ އުތުރުގެ ސަރަހައްދުގެ ފުޓްބޯޅަ ބެލެހެއްޓުމާއި ކުރިއެރުވުމަށް ގާއިމު ކުރެވިގެންދާ

އޮފީހެއްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355