މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ފުރަތަމަ ލެގުގައި ބައްދަލުކުރާ ކުޅުދުއްފުއްޓާއި މާރަންދޫ ބައްދަލުކުރާ މެޗު އޮންނަ ހޯރަފުއްޓަށް ކުޅުދުއްފުށީގެ ސަޕޯޓަރުން ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ސަޕޯޓަރުން ބުނެފި އެވެ.
ކުޅުދުއްފުށީ ސަޕޯޓަރުންގެ ފަރާތުން ވާހަކަދެއްކި އިސް އޮފިޝަލަކު ބުނީ ހޮނިހިރު ދުވަހު ހޯރަފުށިގައި އޮންނަ މެޗަށް ކުޅުދުއްފުށީ ސަޕޯޓަރުން ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާރު ބައެއް ބޯޓުތަކުގެ ވެރިންނާ ވާހަކަދައްކަމުންދާ ކަމަށައި ބައެއް ބޯޓުތައް ފައިނަލުވެސް ވެފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ކަންތައްތައް އަދި މުޅިން ފައިނަލުނުވާ ކަމަށައި ފައިނަލުވާ ވަރަކުން މީޑީއާގައި ހާމަކުރަމުންދާނެ ކަމަށެވެ.
ޒޯނު އެކެއްގެ ދެ ވަނަ ލެގު އޮންނާނީ އަންގާރަ ދުވަހު ހަވީރު ކުޅުދުއްފުށީ ސްޓޭޑިއަމުގަ އެވެ.