twitterviber whatsapp telegramfacebookyoutube instagram
29th March 2024

މާދަމާގެ މެޗަށް ހޯރަފުށި އޮތީ ތައްޔާރަށް: ކައުންސިލް

Apr 7, 2017

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ފުރަތަމަ ލެގުގެ މެޗު މާދަމާ ހއ ހޯރަފުށީގައި ކުޅުމަށް ހަމަޖެހިފައިވާއިރު އެމެޗަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންދާކަމަށް ހޯރަފުށީ ކައުންސިލުން ބުނެފި އެވެ.

މާދަމާ ހޯރަފުށީގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ހދ ޗެމްޕިއަންކަން ހޯދި ކުޅުދުއްފުއްޓާއި ހއ ގެ ޗެމްޕިއަން މާރަންދޫ އެވެ. މިމެޗު ހޯރަފުށީގައި ކުޅެނީ މާރަންދޫގެ ހޯމް ސްޓޭޑިއަމުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ ހޯރަފުށީ ދަނޑު ކަމަށްވާތީ އެވެ.

ހޯރަފުށީގެ ކައުންސިލްގެ ރައީސް އަލީ އާރިފު މިރޭ ކޭއޯއަށް ވިދާޅުވީ މާދަމާގެ މެޗަށް ހޯރަފުށި ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ދަނޑު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ދަނޑު ސަރަހައްދާއި ބަނދަރު ސަރަހައްދުގައި ދިދަ ޖަހައި ޒީނަތްތެރިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

އަލީ އާރިފު ވިދާޅުވީ ދެ ޓީމުގެ ކުޅުންތެރިންނަށް ހޯރަފުށިން ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

” ދެ ޓީމަށްވެސް ރަނގަޅު މެހެމާންދާރީއެއް ދޭވޭތޯ މިދަނީ މަސައްކަތްކުރަމުން، ހޯރަފުށިން 2 ޓީމަށްވެސް ހޫނު މަރުހަބާއެއް ކިޔާނެ ” ހޯރަފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މާދަމާ ގިނަ ސަޕޯޓަރުންތަކެއް ދާނެކަމަށް ލަފާކުރައްވަމުން އަލީ ވިދާޅުވީ ގާތްގަނޑަކަށް 1600 ހާ މީހުން އަރާނެ ކަމަށެވެ. އަދި ސެކިއުރިޓީގެ ކަންތައް ބެލެހެއްޓުމަށް ފުލުހުންނަށް އެދިފައިވާނެ ކަމަށާއި މިރޭގެ ވަގުތެއްގައި ފުލުހުން މާރަންދޫ ޓީމުގެ އިސް ފަރާތްތަކާއި ކުޅުދުއްފުށީ ޓީމުގެ އިސް ފަރާތްތަކާއި ފުލުހުން އެކަމުގައި ބައްދަލުކޮށް، ސަޕޯޓަރުންގެ ކަންކަން އިންތިޒާމުކުރާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާކުރާނެކަމަށް އަލީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355