މިނިވަން ޗެމްޕިއަންޝިޕް ޒޯން ބުުރުގައި ހދ އަތޮޅު ތަމްސީލް ކުރާ ކުޅުދުއްފުށީ ޓީމަށް ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ ހިތްވަރު ދެއްވައިފި އެެވެ.
ޝަހުދީ މިހެން ވިދާޅުވީ މިއަދު ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓްގައި ޝަހުދީ ކުޅުދުއްފުށީ ޓީމަށް ސާބަސް ދެއްވާ ފަހުރުވެރި ކާމިޔާބީއެއް ހޯދާނެ ކަން ޔަގީން ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެެވެ.
“ﷲ އިރާދަފުޅުން އަތޮޅު ފަހުރުވެރި ކުރުވާ ކާމިޔާބެއް ހޯދާނެ ކަން ޔަގީން ކުރަން. ސާބަސް ޓީމް ކުޅުދުއްފުށި” ޝަހުދީ ގެ ޕޯސްޓުގައި ލިޔެފައި ވެއެވެ.
މެންބަރު ޝަހުދީގެ ޕޯސްޓް–
ޝަހުދީގެ އިތުރުން ހދ އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އާތިފް ވެސް ވަނީ ޓީމަށް ސަޕޯޓް ދެއްވުމަށް ރައްޔިތުންނަށާއި ޓީމްގެ ސަޕޯޓަރުނަށް ގޮވާލާފަ އެވެ.
އާތިފްގެ ޕޯސްޓް–
މިނިވަން ޗެމްޕިއަންޝިޕް ޒޯން އެކެއްގެ ފުރަތަމަ މެޗު މިއަދު ހޯރަފުށީގައި ބޭއްވޭ އިރު ކުޅުުުއްފުއްޓާއި ދެކޮޅަށް ނުކުންނާނީ ހއ އަތޮޅުގެ ޗެމްޕިއަން މާރަންދޫ އެވެ.
މި މެޗުގައި ކުޅުދުއްފުއްޓަށް ސްޕޯޓު ކުރުމަށް ކުޅުދުއްފުށިން ހާހެއްހާ ސަޕޯޓަރުން ވަނީ ހޯރަފުއްޓަށް ދިއުމަށް ހަމަޖެހިފަ އެވެ.