ވިލާ ކޮލެޖުން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކުޅުދުއްފުށީ ދަރިވަރަކަށް ލިބިއްޖެ އެވެ.
ވިލާ ކޮލެޖްގެ ބާނީ ޤާސިމް އިބުރާހިމްގެ “ޤާސިމް އިބްރާހީމް އެވޯޑް ފޮރ އެކްސެލެންސް” ލިބިފައިވަނީ ކުޅުދުއްފުށީ ހޭޅި، ޝާއިރާ އަހުމަދަށެވެ.
އޭނާއަށް އެ ޝަރަފުވެރި އެވޯޑް ލިބިފައިވަނީ އެކޮލެޖުން މިއަހަރު ހިންގި ހުރިހާ ކޯސްތަކެއްގެ ތެރެއިން އެންމެ މަތިން މާކުސް ހޯދައިގެންނެވެ.
ޝައިރާ ވަނީ އެކޮލެޖުން ހިންގި ބެޗްލާސް ޑިގްރީ އިން އެކައުންޓިންގ ކޯހުން ސީޖީޕީއޭ 3.67 އަށް ވުރެމަތިން މާކްސް ހޯދައި، މުޅި އެކައުންޓިންގ ޕްރޮގްރާމުން 1 ވަނަ ހޯދައިގެން ބުކް ޕްރައިސްވެސް ޙާޞިލްކޮށްފައެވެ. އަދި ބެޗް 5 ގެ ހުރިހާ ކޯސްތަކަކުން 1 ވަނަ ހޯދައިގެން އޭނާއަށްވަނީ ކޮލެޖް މެޑަލްވެސް ލިބިފައެވެ
ޝާއިރާގެ އިތުރުން “ޤާސިމް އިބްރާހީމް އެވޯޑް ފޮރ އެކްސެލެންސް” އެކޮލެޖުގެ 7 ދަރިވަރަކު ވަނީ ހާސިލްކޮށްފަ އެވެ. ޝާއިރާ ވަޒީފާއަދާކުރަމުންދަނީ އިމިގުރޭޝަނުގަ އެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ދަސްވެނިވުމުގެ ހެނދުނު ދަންފަޅީގައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން 72 ދަރިވަރަކު، ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން 103 ދަރިވަރަކު، ބެޗްލާ އޮފް އެކައުންޓިން އިން 54 ދަރިވަރަކު، ބެޗްލާ އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓުން 34 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.