twitterviber whatsapp telegramfacebookyoutube instagram
17th February 2026

ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

Apr 9, 2017

ހދ ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 2017 އޭޕްރިލް 02 ވަނަ ދުވަހުގެ ހަވީރު 4:10 ހާއިރު ކުޅުދުއްފުށި ބަނދަރު ސަރަހައްދުންނެވެ.

މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ކުޅުދުއްފުށީ ޕޮލިސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355