twitterviber whatsapp telegramfacebookyoutube instagram
18th May 2024

އަމީރު އަމީން ސްކޫލުގެ މަސައްކަތް ދުވަސް ފާހަގަ ކޮށްފި

Apr 9, 2017

އަމީރު އަމީން ސްކޫލުގެ މަސައްކަތު ދުވަސް ފާހަގަ ކޮށްފިއެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން އެ ސުކޫލުގެ ހިންގުމާ ހަވާލުވެ ހުންނަވާ އައިޝަތު މުހައްމަދު ވިދާޅުވީ އިއްޔެ އަމީރު އަމީން ސްކޫލުން ކުރިއަށް ގެންދިޔަ މަސައްކަތު ދުވަހު އެސްކޫލަށް 50 ހާހަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެގޮތުން މަސައްކަތު ދުވަހު ބެލެނިވެރިން ކުރި އަމަލީ މަސައްކަތުން 30،597 ރުފިޔާ ލިބިފައިވާ ކަމަށާއި މަސައްކަތު ދުވަހުގައި ބައިވެރި ނުވެވުނު ބެލެނިވެރިން އެސްކޫލަށް ހަދިޔާކުރި 22،860 ރުފިޔާއާއެކު ޖުމްލަ 53،457 ރުފިޔާ ލިބިފައިވާ ކަމަށެވެ.

އައިޝަތު ވިދާޅުވި ގޮތުގައި މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ އިތުރު ހަރަކާތްތަކަށާއި ސްކޫލަށް މިހާރު ހޯދަން ޖެހޭ ބައެއް ތަކެތި ހޯދުމަށް ކަމަށެވެ. އަދި ދަރިވަރުން ފެން ކުޅުމަށް ހާއްސަ ތަނެއް ހެދުމަށް ރާވާފައިވާ ކަމަށާއި ފެން ކުޅުމަށް މިހާރު ހުރި ތަކެތިވެސް ހަލާކުވެފައި ހުރި ކަމަށެވެ.

މީގެ އިތުރުން ބެލެނިވެރިންނާއި ބައްދަލުކުރެވޭނެ ހޯލެއް ހެދުމަކީ ކުރިއަށް ރާވާފައިވާ ކަމެއް ކަމަށާއި އެކަމުގައި ބޮޑު ހަރަދެއް ވާނެތީ އެކަމަށް ފައިސާ ރައްކާކުރާ ކަމަށްވެސް އައިޝަތު ވިދާޅުވިއެވެ.

އަމީރު އަމީން ސުކޫލުން މިއަހަރު ކުރިއަށް ގެންދިޔަ މަސައްކަތު ދުވަހުގެ މަސައްކަތުގައި 118 ބެލެނިވެރިން ބައިވެރިވެފައިވާއިރު ފައިސާ ހަވާކޮށްފައި ވަނީ 163 ބެލެނިވެރިން ކަމަށް އައިޝަތު މައުލޫމާތު ދެއެވެ.

އަަަދި ޕީޓީއޭގެ ފަރާތުން އިތުރު ކަންތައް ތަކެއް މިއަހަރުތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އައިޝަތު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355