twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި މެޑިކަލް ކޮލެޖެއް އެޅުމަށް މަޝްވަރާކޮށްފި

Apr 10, 2017

ކުޅުދުއްފުށީ ހޮސްޕިޓަލުން ދޭ ހިދުމަތްތަކަކީ ޓާޝަރީ ފެންވަރުގެ ހިދުމަތްތަކަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެކަން ވަނީ ރައީސް ޔާމީންވެސް ހާމަކޮށްދެއްވާފަ އެވެ.

އެގޮތުން ސަރުކާރުން މިހާރު މަސައްކަތްކުރައްވަނީ އިންޑިޔާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކޮށްގެން ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރުމަށެެވެ. އަދި އެކަމާ ބެހޭ މަޝްވަރާތައްވެސް މިހާރު ނިމި އެއްބަސްވުމުގެ ސޮއެކުރުމާ ހަމައަށްވަނީ ގޮސްފަ އެވެ.

މިވަގުތު ކުޅުދުއްފުއްޓަށް ވަޑައިގެން އުޅުއްވާ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޑެޕިއުޓީ މިނިސްޓަރ ކުޅުދުއްފުށީ ކައުންސިލާ ވަނީ މިކަމުގެ އިއްޔެ ބައްދަލުކުރައްވާ ބައެއް ކަންތައްތައް ހިއްސާކުރައްވާފަ އެވެ. ނިމްސްއާ ހަވާލުކުރާއިރު ނިމްސްވެސް ކުޅުދުއްފުށީގައި ބައެއް ކަންތައްތައް ކުރުމަށް ބޭނުންވާކަން މިނިސްޓްރީގެ ބޭފުޅުންވަނީ ފާހަގަކުރައްވާފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވޭ ކަމަކީ މެޑިކަލް ކޮލެޖެއް ހިންގަން ބޭނުންވާތީ އެކަމާ ބެހޭގޮތުން ދެކެވުނުވާހަކަތަކެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ މި ބައްދަލުވުމުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމާއި ހޮސްޕިޓަލް ނިމްސް އާއި ހަވާލު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން ނިމްސް ހޮސްޕިޓަލްގެ ފަރާތުން ކުޅުދުއްފުށީގައި މެޑިކަލް ކޮލެޖެއް އެޅުމަށް ބޭނުންވާތީ އެކަމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަޝްވަރާވެސް ކުރެވިފައިވާކަމާއި އެކަމަށްޓަކާ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރަނީ 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ވާއިރު ތަރައްގީކޮށް ނިމޭއިރު، އެމްއާރުއައި އާއި ސީޓީ ސްކޭން އަދި ހުޅު ބަދަލުކުރުމާއި ހިތުގެ އޮޕަރޭޝަން ފަދަ ބޮޑެތި އޮޕަރޭޝަންތައް އެތަނުގައި ކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355