twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލް ކުރިއަށް އޮތް ދެމަސް ތެރޭގައި ނިމްސްއާ ހަވާލުކުރެވޭތޯ ދަނީ މަސައްކަތްކުރަމުން

Apr 10, 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކުރިއަށްއޮތް ދެމަސް ތެރޭގައި އިންޑިޔާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކުރެވޭތޯ މަސައްކަތްކުރަމުންދާކަމަށް ހެލްތް މިނިސްޓްރީއާ ހަވާލާދީ ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

މިވަގުތު ކުޅުދުއްފުއްޓަށް ވަޑައިގެން އުޅުއްވާ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ މުހައްމަދު ހަބީބު އަދި ޑެޕިއުޓީ މިނިސްޓަރ މުހައްމަދު މާހިރު އިއްޔެ

ކުޅުދުއްފުށީ ކައުންސިލާ ބައްދަލުކުރައްވާ ނިމްސްއާ ހަވާލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފަ އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ މި ބައްދަލުވުމުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމާއި ހޮސްޕިޓަލް ނިމްސް އާއި ހަވާލު ކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސް އާއި މި މަސް ނުވަތަ އަންނަ މަހުގެ ނިޔަލަށް ހަވާލު ކުރެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައި ކަމަށާއި އަންނަ މަސް ނިމުމުގެން ކުރިން ސޮއި ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބޭފުޅުން ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަކީ ރައީސް ޔާމިންގެ ރިޔާސީ ވައުދަކަށް ވާއިރު މި ހޮސްޕިޓަލް އިންޑިޔާގެ މަޝްހޫރު ނިމްސް ހޮސްޕިޓަލާއި ހަވާލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރަނީ 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ވާއިރު ތަރައްގީކޮށް ނިމޭއިރު، އެމްއާރުއައި އާއި ސީޓީ ސްކޭން އަދި ހުޅު ބަދަލުކުރުމާއި ހިތުގެ އޮޕަރޭޝަން ފަދަ ބޮޑެތި އޮޕަރޭޝަންތައް އެތަނުގައި ކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355