twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހދ އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

Apr 10, 2017

ހދ އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މި ޕްރޮގްރާމަކީ ވައިކަރަދޫ ޕޮލިސް ޑެސްކާއި ހދ. އަތޮޅު މަދަރުސާ ގުޅިގެން އޭޕްރީލް މަހުގެ 7 ން 15 އަށް ކުރިއަށް ގެންދާ ޕްރޮގުރާމް އެއް ކަމަށެވެ. އަދި މިއީ ހދ. އަތޮޅު މަދަރުސާގެ އެދުމުގެ މަތިން އެސްކޫލުގެ ދަރިވަރުންނަށް ފަތަންދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު މި ޕްރޮގްރާމްގެ ކުލާސްތައް ކުރިއަށް ގެންދާއިރު ހުކުރު އަދި ހޮނިހިރު ދުވަހުގެ ކުލާސްތައް ކުރިއަށް ގެންދަނީ ހެނދުނާއި މެންދުރުފަހުގައި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ “ކޮންމެ ކުއްޖަކީވެސް ފަތަން ދަންނަ ކުއްޖެ” މި ޝިޔާރުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގައި ބައިވެރި ވަނީ ހދ އަތޮޅު މަދަރުސާގެ ގްރޭޑް 3 ގައި ތައުލީމު ހާސިލްކުރަމުންދާ 25 ދަރިވަރަކު ކަމަށެވެ.

އަދި އެކިއެކި އަތޮޅުތަކުގައި ދަނީ އެއަތޮޅެއްގެ ރަށްތަކުގެ ސްކޫލްތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355