twitterviber whatsapp telegramfacebookyoutube instagram
17th February 2026

ކުޅުދުއްފުށީ ޔޫރޯ ސްޓޯރުގެ މުވައްޒަފުންތަކެއް ހިޔާނާތްވިކަމުގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި

Apr 10, 2017

ކުޅުދުއްފުށީގައި ހުންނަ ޔޫރޯ ސްޓޯރުގެ ފިހާރާގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އެތަނަށް ހިޔާނާތްވިކަމުގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކުޅުދުއްފުށީ ހުންނަ ޔޫރޯ ސްޓޯރުގެ ފިހާރައިގެ މުވައްޒަފުންތަކެއް އެތަނަން ހިޔާނާތްވިކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅި ތަހުގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުންނެއް ނުދެ އެވެ.

ކޭއޯއަށް އެނގިފައިވާ ގޮތުގައި މިމައްސަލައިގައި ކުޅުދުއްފުށީގައި ހުންނަ ޔޫރޯ ސްޓޯރުގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.

ޔޫރޯ ސްޓޯރަކީ ރާއްޖެއަށް މަޝްހޫރު ގިނަ ބްރޭންޑުތަކެއްގެ ޗޮކްލެޓާއި އެހެނިހެން ކާބޯތަކެތި އެތެރެކުރާ ފިހާރަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355