twitterviber whatsapp telegramfacebookyoutube instagram
18th May 2024

ހއ އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގައިފި

Apr 10, 2017

ހދ އަތޮޅު މަދަރުސާގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހެލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފުލުހުން ހިންގައިފި އެވެ.

މި ޕްރޮގްރާމުގައި މައުލޫމާތު ދީފައިވަނީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުންނެވެ. އެގޮތުން ކުޑަކުދިން އާއްމުކޮށް ކުރާ ކުށްތަކާއި ކުށްތަކަށް އަރަން ދިމާވާ ސަބަބުތަކާއި އެކުށްތަކުން ދުރުވެތިބުމަށް ކުރެވިދާނެ ކަންކަމާއި ކުށުގެވެށިން ދުރުކޮށް މުޖްތަމައުއަށް ފައިދާހުރި ކުދިންތަކަކަށް ވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތު ދީފަ އެެވެ.

މީގެ އިތުުރުން ދަރިވަރުންގެ އުޅުމާއި އަހްލާގާއި ސުލޫކު ބައްޓަން ކުރަންވީ ގޮތްތަކާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންނާއި އިންޓަރނެޓް ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންވީ ކަންކަމާއި ބެހޭގޮތުންވެސް ވަނީ މައުލޫމާތު ދީފަ އެވެ.

އަދި ސްކޫލް ނިންމުމަށްފަހު ކުށުގެވެށިން ދުރުވެ ގައުމީ ލޯބި ލިބިގެންވާ މީހެއްގެ ގޮތުގައި މުޖްތަމަޢުއަށް ނިކުތުމުން ލިބިގެންދާނެ ފައިދާތަކާއި ބެހޭގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

އޭޕްރީލް 8 ވަނަ ދުވަހު ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުގެ ފަރާތުން ހިންގި މި ޕްރޮގްރާމުގައި 30 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ސްކޫލު ނިންމާ ދަރިވަރުން ކުށުގެ ވެށިން ދުރުކޮށް އަހުލާގު ރަނގަޅު މުޖުތަމައުގެ ލޯބިލިބިފައިވާ ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރުމުގެ ރޫހު ދަރިވަރުންގެ މެދުގައި އާލާކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355