twitterviber whatsapp telegramfacebookyoutube instagram
18th May 2024

އެލްޖީއޭ ބޯޑުގައި ކައުންސިލަރުން ނުހިމަނާ ބޯޑު އެކުލަވާލުމަށް ހުށައަޅައިފި

Apr 11, 2017

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ ގެ ބޯޑުގައި ކައުންސިލަރުން ނުހިނަމާ ބޯޑު އެކުލަވާގޮތް ހެދުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށައަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދެވެ. މި އިސްލާހު ހުށައަޅާފައިވަނީ އެލްޖީއޭގެ ބޯޑު މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ލާމަރުލަޒީ ގާނޫނުގެ 62 ވަނަ މާއްދާއަށް ބަދަލު ގެނައުމަށެވެ.

މިހާރު ގާނޫނު ބުނާގޮތުން އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވަޒީރަކާއި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލް މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން ކަނޑައަޅާއި ހަތަރު މެމްބަރުންނާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމު މެމްބަރެއްގެ އިތުރުން ސިޓީއެއްގެ ކައުންސިލް މެމްބަރެކެވެ.

ޖައުފަރު ހުށައެޅުއްވި މި އިސްލާހުގައި ވާގޮތުން ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑަށް އައްޔަން ކުރަންޖެހޭނީ ފަސް މެމްބަރުންނެވެ. އަދި ކައުންސިލަރުންގެ ތެރެއިން މެމްބަރުން އެކުލެވޭގޮތަށް މިހާރު ގާނޫނުގައި ބުނެފައިވީ ނަމަވެސް އެއަށް އިސްލާހު ގެނައުމަށްވެސް ވަނީ ހުށައަޅާފަ އެވެ.

އެލްޖީއޭއަކީ ކައުސިލުތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުމަށް ކައުސިލްތަކުގެ ހަމަތަކާއި އުސޫލުތައް ބެލުމަށް ކަނޑައަޅާފައިވާ ކޮމިޓީ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355