twitterviber whatsapp telegramfacebookyoutube instagram
23rd May 2025

މާރަންދޫ ޓީމަށް ކުޅުދުއްފުށިން ރަތްދޫލައިގެ މަރުހަބާއެއް

Apr 11, 2017

މިނިވަން ޗެމްޕިއަންޝިޕުގައި ޒޯން ލެގުގެ ދެވަނަ މެޗަށް މިއަދު ހއ. މާރަންދޫގެ ޓީމު ކުޅުދުއްފުއްޓަށް އައުމުން ކުޅުދުއްފުށިން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

މާރަންދޫގެ ޓީމު ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު އެވެ.

ކުޅުދުއްފުށީ ސަޕޯޓަރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި އިވެންޓްގައި މާރަންދޫގެ ޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައިވާއިރު ކޮންމެ ބައިވެރިޔެއްގެ ކަރުގައި ވަނީ މަލުގެ ހާރެއް އަޅުވާފަ އެވެ. މި އިވެންޓަކީ ސަޕޯޓާސް ޖަހައިގެ ފަރާތުން ވަރަށް ކުރު މުއްދަތެއްގައި ހަމަޖައްސައިގެން ކުރިއަށްގެންދިޔަ ހަރަކާތެއްކަމުން އެންމެ އެކަށީގެންވާ ގޮތަކަށް ތައްޔާރުނުވެވުނުކަން އެފަރާތުން ފާހަގަކުރެ އެވެ.

އެގޮތުން ބަނދަރުގައި ދަވާދުލުމަށާއި އެ ސަރަހައްދުގައި ގައުމީ ދިދަ ޖަހާ ޒީނަތްތެރިކުރުމަށް ސަޕޯޓާސްގެ ފަރާތުން ކައުންސިލުގައި އެދުނުނަމަވެސް ޕްރޮކިއުމެންޓް ހަމަނުޖެހިގެން އެކަން ވަނީ ނުވެފަ އެވެ.

މި އިވެންޓްގައި މާރަންދޫ ޓީމަށް މަރުހަބާ ކިޔުމަށް މާފަތި އެޅުވުމަށް ދިޔަ އަންހެންވެރިންނަށް ސަޕޯޓާސްގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއްވަނީ އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355