twitterviber whatsapp telegramfacebookyoutube instagram
4th November 2025

މަކުނުދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

Apr 13, 2017

ހދ މަކުނުދޫގައި ޕޮލިސް ސްޓޭޝަނުން އެރަށުގައި އޮޕަރޭޝަނެއް ހިންގައިފި އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަންގައި ރަށުގެ އެކި ސަރަހައްދުތަކުގައި އުޅަނދުތައް ބަލައިފާސްކޮށް އުޅަނދުތަކުގެ އަހަރީފީއާއި އިންސްއަރެންސް ސްޓިކާއާއި ރޯޑްވާދިނަސް ސްޓިކާއާއި ހަމައަށް ހުރިތޯ ބެލުމގެ އިތުރުން ޓްރެފިކް އެހެނިހެން ވައިލޭޝަންތައްވެސް މި އޮޕަރޭޝަނުގައި ބަލައި ޗެކްކޮށްފައިވެއެވެ.

އެގޮތުން މި އޮޕަރޭޝަންގައި ހަތަރު ފުރޮޅުލީ 01 އުޅަނދަކާއި 05 ސައިކަލެއް ބަލައިފާސްކޮށްފައި ވާއިރު އެއްގަމުގެ ދަތުރުފަތުރުގެ ޤާނޫނާއި ޚިލާފުވެފައިވާ 02 ފަރާތަކާމެދު ފިޔަވަޅުއަޅާފައިވެއެވެ.

އޭޕްރިލް 09 ވަނަ ދުވަހު ހދ.މަކުނުދޫ ޕޮލިސް ސްޓޭޝަނުން ހިންގި ޓްރެފިކް އޮޕަރޭޝަނަކީ މަކުނުދޫގައި އެއްގަމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރަމުންދާ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބަލައި، މަކުނުދޫ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާންތަނަކަށް ހެދުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355