twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކުޅުދުއްފުށީގައި ބާއްވާ މޮޓޯ ރޭސިން އިވެންޓް މުޅި ރާއްޖެއަށް

Apr 13, 2017

އެމްއެމްއާރުއޭ އާ ގުޅިގެން ކުޅުުދުއްފުށީ މޮޓޯ ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގައި ބާއްވަމުން އަންނަ ސައިކަލް އަދި ކާރު ރޭސް އިވެންޓް މުޅި ރާއްޖެއަށް ހުޅުވާލައިފި އެވެ.

މޮޓޯ ސްޕޯޓްސްގެ އިވެންޓް މެނޭޖަރ ޖައުފަރު އަލީ ކޭއޯ އަށް މައުލޫމާތު ދެމުންބުނީ މިފަހަރު އިވެންޓް ކުރިއަށް ގެންދަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށެވެ. މިހާތަނަށް 33 ފަރާތަކުން ސައިލް ރޭހުގައި ބައިވެރި ވެފައިވާއިރު ކާރު ރޭހުގައި 2 މީހުން ބައިވެރިވެފައިވާ ކަމަށެވެ. ރޭހުގައި ބައިވެރި ވުމުގެ މުއްދަތު އަންނަ މެއި މަހު 5 ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ.

މިފަހަރުގެ އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 9 ކެޓަގަރީއަަކަށް ބަހާލައިގެންނެވެ. އެގޮތުން 110ސީސީ އިވެންޓް ޑްރެގް، 125ސީސީ އިވެންޓް ޑްރެގް، 135ސީސީ އިވެންޓް ޑްރެގް، 150ސީސީ -250ސީސީ އިވެންޓް ޑްރެގް، 250ސީސީ – 400ސީސީ ޗޮޕާ ޑްރެގް، އޯޕެން އިވެންޓް ޑްރެގް 110ސީސީ – 250 ސީސީ ގެ އިތުރުން ސުޕާރ ބައިކް ޑްރެގް، ކާރ ޑްރެގް އަދި ސްޓަންޓް އިވެންޓް ހިމެނެ އެވެ.

މިދިޔަ އަހަރު ކުޅުދުއްފުށީގައި ބޭއްވި ރޭސިން އިވެންޓްގެ ތެރެއިން–

މި ރޭސްތައް ކުރިއާށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެއި 19، 20 އަދި 21 ވަނަ ދުވަހު ކުޅުދުއްފުށީ އަމީނީމަގުގެ ދެކުނުކޮޅުގަ އެވެ. ރޭސްތައް ކުރިއަށް ގެންދާނީ 350 މީޓަރުގެ ޓްރެކެއްގަ އެެވެ.

ރޭހުގެ ޕްރެކްޓިސްތައް އޮންނާނީ މާދަމާގެ އިތުރުން، 21 އޭޕްރިލް، 28 އޭޕްރިލް، 5 މެއި ހެނދުުނު 7 ން 10:30 ށެވެ. އަދި 12 މެއި ހަވީރު 4 ން 6 ށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355