twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހުމައިދު ހޮވައިފި

Apr 16, 2017

އަފީފުއްދީން ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހުމައިދު ހަސަން، އަލަކަ ހޮވައިފި އެވެ.

ހުމައިދު ވަނީ 4 އޭ ސްޓާރ އާއި 3 އޭ އަދި ބީ އެއް ހޯދައިގެން މުޅި ރާއްޖެއިން 2 ވަނަ ހާސިލުކޮށްފަ އެވެ. އަދި އޭނާ ވަނީ މުޅި އަހަރުގެ ނަތީޖާ 85 އަށް ވުރެ މަތީން މާކުސް ހޯދައިފަ އެވެ.

ހުރިހާ ގޮތަކުން އެންމެ މޮޅު ސްކައުޓްގެ މަގާމުވެސް ހޯދާފައިވަނީ ހުމައިދު ހަސަން އެވެ. ސާނަވީ އިމްތިހާން ނިންމާ މުޅި ސްކޫލުން ދެވަނަ ހާސިލްކޮށްފައިވަނީވެސް ހުމައިދެވެ.

އަފީފުއްދީންގެ ތާރީހްގައި މިދިޔަ އަހަރު ވަނީ މުޅި ރާއްޖެއިން 1 މަގާމު ދަރިވަރަކު ހޯދައިފަ އެވެ. ފަހުރުވެރި މިމަގާމު ހޯދާފައިވަނީ މާތިލަ، ސަރާ އަބުދުލްރަހުމާނެވެ. އޭނާވަނީ 3 އޭ ސްޓާރ އާއި 5 އޭ ހޯދާފަ އެވެ.

ސަރާ ވަނީ ސާނަވީ ނިންމާ އިމްތިހާނުތަކުން މުޅި ސްކޫލުން އެއްވަނަ ހާސިލުކޮށްފަ އެވެ.

ހުމައިދުގެ އިތުރުން ސަނާވީ އިމްތިހާނުތަކުން މުޅި ރާއްޖެއިން 2 ވަނަ ހާސިލުކޮށްފައިވާ އެހެން ދަރިވަރަކުވެ އެވެ. އެއީ ހދ ކުމުންދޫ ނޫވިލާގެ، އަމަތުﷲ މޫސާ އެވެ. އޭނާ ވަނީ 1 އޭ ސްޓާރ އާއި 6 އޭ އަދި 1 ބީ ހޯދާފަ އެވެ.

އަމަތުﷲ ވަނީ ސާނަވީ ނިންމާ މުޅި ސްކޫލުން 3 ވަނަ ހޯދާފަ އެވެ.

އަފީފުއްދީން ސްކޫލުގެ މިދިޔަ އަހަރު އިތުރު ނަތީޖާތަކަށް ބަލާލާއިރު މުޅި ރާއްޖެއިން 4 ވަނަ ހޯދި 2 ދަރިވަރަކު ހިމެނެ އެވެ. އެއީ ދުރުމި، އަހްޒަމް އާދަމް އާއި ރަޝިޔާ، މުހައްމަދު އަހުމަދެވެ. އަހްޒަމް ވަނީ 1 އޭ ސްޓާރ އާއި 5 އޭ އަދި 3 ބީ ހޯދައިގެން ސްކޫލުން ހަތަރު ވަނަ ހޯދާފަ އެވެ.

މުހައްމަދު އަހުމަދު ލިބިފައިވަނީ 1 އޭ ސްޓަރ އާއި 5 އޭ އާއި 2 ބީ ހޯދައިގެން ސްކޫލުން 4 ވަނަ ހޯދާފައިވެ އެވެ.

2016 ވަނަ އަހަރު ގުރޭޑް 7 ހުރިހާ ގޮތަކުން އެންމެ މޮޅު 10 ދަރިވަރުން ހޮވާަ އެދަރިވަރުންނަށްވެސް ވަނީ އިނާމު ދީފަ އެވެ. އެ ގުރޭޑް 15 ދަރިވަރަކު ވަނީ އިނާމު ހޯދާފަ އެވެ.

ހާއްސަ އިނާމު ލިބުނު ދަރިވަރުންނަށް ބަލާލާއިރު ކިޔެވުމަށް އެންމެ ރަގަޅު ގާލްގައިޑަށް އާމިނަތު އަރީޝާ އަބުދުއްރަޝީދު، ހުރިހާގޮތަކުން އެންމެ ރަނގަޅު ގާލްގައިޑަކަށް އާއިޝަތު އަތީފާ އަލީ، ކިޔެވުމަށް އެންމެ ރަނގަޅު ސްކައުޓަކަށް އަހުމަދު ރައްޔާނު، ހުރިހާ ގޮތަކުން އެންމެ ރަނގަޅު ކެޑޭޓަކަށް އުލްފާ މުހައްމަދު، ކިޔެވުމަށް އެންމެ ރަނގަޅު ކެޑޭޓަކަށް ހޮވުނީ އަފްރާދު މުހައްމަދެވެ.

މިދިޔަ އަހަރު ސްކޫލަށް ރީތިނަން ހޯދައިދީފައިވާ ދަރިވަރުންގެ އަގުވަޒަންކޮށް އެފަރާތްތަކަށްވެސް ވަނީ އިނާމުދީފަ އެވެ.

ހުރިހާ ގޮތަކުން އެންމެ މޮޅު ހައުސްގެ މަގާމު ލިބުނީ ޣާޒީ ހައުސް އެވެ.

އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ހާއްސަ ވަނަތަކަށް އިނާމު ދެއްވީ ހދ އަތޮޅުގެ ޕޮލިސް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބުދުލް ޤައްޔޫމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355