twitterviber whatsapp telegramfacebookyoutube instagram
26th March 2026

ޑައިޓް ކުރަނީތަ؟ ހޫނު ލޮނުފެން ވެސް ބޭނުން ކުރޭ!

Apr 17, 2017

އެންމެންނަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބޭނުންވާނެ ބައެކެވެ. ނަމަވެސް ކަންފަސޭހަ ކޮށްލެވެނީ ކެއުމާއި ހިސާބުންނެވެ. ޑައިޓް ކުރި ނަމަވެސް ފައިދާވާ ގޮތަކަށް ކެއުން ގެންދާތަން ފެންނަނީ މަދު ބައެކެވެ.

ޑައިޓް ކުރާ މީހުންނަށް ޑައިޓްގެ ތެރޭގައި ހޫނު ލޮނުފެން ހިމަނައިގެން ގަވައިދުން ބޯނަމަ ހަށިގަނޑަށް އެއިން ވަރަށް ގިނަ ފައިދާ ލިބެ އެވެ. ހާއްސަކޮށް ރަނގަޅު ޑައިޓަކާއި އެކު ގައިދުން ކަސްރަތުކުރާ މީހުންނަށް ބޮޑު ފައިދާ އެއް ލިބޭ އެއްޗެކެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 1 ޖޯޑު ހޫނު ލޮނުފެން ބޯށެވެ.

މީގެ ސަބަބުން ހަށިގަނޑެ ސެލްތައް އާވެ، ހަށިގަނޑަށް ފައިދާ ނުވާ ބޭކާރު މާއްދާތައް ނައްތާލާ ހަށިގަނޑު ރިލެކްސްކޮށްދެއެވެ. މީގެ އިތުރުން ހަށިގަނޑުގައި ހަކުރު ހިމެނޭ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ މެޓަބޮލިޒަމް އިތުރުކޮށްދެ އެވެ. އަދި ކަށިތައް ވަރުގަދަކޮށްދީ ހަޖަމުކުރާ ނިޒާމް ސާފުކޮށްދެއެވެ.

އެހެންކަމުން ހަޖަމް ކުރުމުގެ ނިޒާމްގައި މައްސަލަ ދިމާވާ މީހުންނަށް މިއީ ވަރަށް ރަނގަޅު ބޭހެކެވެ. އަދި އަވަހަށް ވަރުބަލިވެ އިންފްލެމޭޝަންގެ މައްސަލައެއް ދިމާވާނަމަ ވެސް ލޮނުފެން އެއީ ފައިދާވާނެ އެއްޗެކެވެ.

ލޮނުފެން ބުއިން އެންމެ ރަނގަޅު ގަޑިއަކީ ހެނދުނުގެ ނާސްތާގެ ކުރިން ނުވަތަ ހުސްބަނޑާ 2 ގަޑިއިރު ހުރުމަށްފަހު އެވެ. ހޫނު ފެނަށް ލޮނު އަޅައިގެން ބުއިމަށްވުރެ މޫދު ލޮނުފެން ބޭނުންކުރުން ފައިދާ ބޮޑެވެ. ސަބަބަކީ މޫދު ލޮނުގައި ސޯޑިއަމް ގިނަ އަދަދަކަށް ހިމެނޭތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355