twitterviber whatsapp telegramfacebookyoutube instagram
20th April 2024

އާދިލް ސެންޓަރުން ކުޑަކުދިންނަށް ހާއްސަ ކޮމްޕިއުޓަރ ކުލާހެއް ފަށަނީ

Apr 17, 2017

ކުޅުދުއްފުށީގައި ކޮމްޕިއުޓަރު ކޯސްތައް ހިންގާ އާދިލް ސެންޓަރ ފޯރ އެމްޕަވަރމަންޓް(އޭސީއީ) އިންތިޒާމުކޮށްގެން ކުޑަކުދިންނަށް ހާއްސަކޮށް ކޮމްޕިއުޓަރ ކުލާސްތަކެއް ކުރިއަށްގެންދަން ހަމަޖެހިއްޖެ އެވެ.

އޭސީއީ ބުނީ މިކުލާސްތައް އަމާޒުކުރެވޭނީ ގުރޭޑް 3 ން 7 ދެމެދުގައި ކިޔަވާ ދަރިވަރުންނަށްކަމަށެވެ. މިކުލާސްތަކަކީ އެއްމަސް ދުވަހަށް ހިންގަން ހަމަޖެހިފައިވާ ކުލާސްތަކެއްކަމަށް އެ ސެންޓަރުން ބުނެ އެވެ. އެ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ އަލަށް ފަށާ މި ކުލާސްތައް ދާއިމީ ގޮތެއްގައި ކުރިއަށްގެންދިއުމަށް ހަަމަޖެހިފައިވާ ކަމަށެވެ.

މި ކުލާސްތަކަކީ މަތީ ގުރޭޑްތަކަށް ދިޔުމުގެ ކުރިން ކޮންމެހެން އެގެންވާނެ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން ކޮންމެ ކުއްޖަކީވެސް ކޮމްޕިއުޓަރަށް ފަރިތަ ކުއްޖަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދަން ހަމަޖެއްސި ކޯހެއްކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އެއްމަސް ދުވަހަށް ކުރިއަށް ގެންދާ މި ކޯހުގެ ފީ އަކީ 445 ރުފިޔާ އެވެ. މި މަހުގެ ނިޔަލަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު މި ކޯހުގައި ބައިވެރިވުމަށް 9997122 ނަމްބަރަށް ނަމާއި، ގުރޭޑް އަދި ފޯނު ނަމްބަރު މެސެޖް ކޮށްލައިގެން އަދި 6528788 ނަމްބަރަށް ގުޅާއިގެން ވެސް ނަންނޯޓު ކުރެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އާދިލް ސެންޓަރުން މިހާރު ވެސް ގިނަ ކޮމްޕިއުޓަރ ކޯސްތަކެއް ކުރިއަށްގެންދެ އެވެ.އަދި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ކޮމްޕިއުޓަރ ކުލާސްތަކެއްވެސް އަލަށް ފަށައިގެން ދަނީ ކުރިއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355