twitterviber whatsapp telegramfacebookyoutube instagram
14th August 2026

އުރީދޫ އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

Apr 17, 2017

އުރީދޫ މޯލްޑިވްސް އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު މިއަދު އެކުންފުނިން އިއުލާންކޮށްފި އެވެ.

މި ކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައިޕީއޯ އާއި ބެހޭ މުހިއްމު މައުލޫމާތުގެ އިތުރުން، ކުރިޔަށް ރޭވިފައިހުރި ކަންކަމާއި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭ ކުންފުންޏަށް އައިސްފައިވާ ކުރިއެރުމަށް އަލިއަޅުވާލެވިގެންދާނެއެވެ.

އެގޮތުން މި އިވެންޓް ބޭއްވިގެންދާނީ 18 އޭޕްރިލް 2017ވާ އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށާއި އުރީދޫގެ ކަސްޓަމަރުންނަށާއި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ރަސްމިއްޔާތު، ޓީވީއެމް މެދުވެރިކޮށް ރޭގަނޑު 8:30ގައި ބައްލަވާލެއްވުމަށް އުރީދޫއިން ވަނީ ދައުވަތު އަރުވާފަ އެވެ.

އުރީދޫ މޯލްޑިވްސް ޕލކ. އިން ހިއްސާގެ ބާޒާރުގައި އެކުންފުނީގެ ހިއްސާ ވިއްކާނެކަން އިއުލާންކުރީ އޮކްޓޯބަރ 2016ގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އުރީދޫ ރަޖިސްޓަރ ކުރުމަށް ފަހުއެވެ.

ޝައުގުވެރިވެ ވަޑައިގަންނަވާ އިންވެސްޓަރުން http://ooredoo.mv/investor އަށް ޒިޔާރަތްކުރައްވައިގެން، ޕްރޮސްޕެކްޓަސް އާއި އައިޕީއޯ އާއި ގުޅޭ އެހެނިހެން ލިޔުންތައް މިހާރު ބައްލަވާލެއްވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355