twitterviber whatsapp telegramfacebookyoutube instagram
13th April 2026

ފިނޭގައި ވިހަލަގޮނޑިއެއް ކައިގެން ކުޑަކުއްޖަކު މަރުވެއްޖެ

Apr 19, 2017

ހދ ފިނޭގައި ވިހަލަގޮނޑިއެއް ކައިގެން އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ

މިދިޔަ ހޯމަ ދުވަހު ވިހަލަގޮނޑިއެއް ކައިގެން އެކުއްޖާ ފިނޭ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ހާލު ސީރިއަސްކަމުން ހަމަ އެދުވަހު އެކުއްޖާ ވަނީ ކުޅުދުއްފުށީ ސަރަހައްދީ ހޮސްޕިޓަލަށް ގެނެސްފަ އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮފިސަލަކު ވިދާޅުވީ މި ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެ ކުއްޖާ ހޮސްޕިޓަލަށް ގެނައީ ހޮޑުލާތީ ކަމަށެވެ.

އެކުއްޖާ މަރުވީ އަންގާރަދުވަހުގެ ރޭ ގެ މާލެ ގެންދިއުމުގެ ތެރޭގައި ފުލައިޓުކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ވިހަލަގޮނޑި އަކީ ފަތްޕިލާވެލީގެ ތެރޭ ހިމެނޭ ވެލެއްގެ ބާވަތެކެވެ. ވިހަނުފިލުވައި މިކައިފިނަމަ ވިހަވާނެ އެވެ. މިވެލުގެ ފަތް ހުންނާނީ ފަހަތުކޮޅަށް ފުޅާކޮށް ކުރީކޮޅަށް ހިމަކޮށެވެ. އަދި މާ ހުންނާނީ އޯކިޑުގެ ބައެއްވައްތަރުގެ މާ ހުންނަހެން ފިޔަ ކަފިވެފައި، މި މާ ފަރިވީމާ ރަތްކުލައަށް ބަދަލުވާނެ އެވެ. މިއީ ގޮނޑި ފައިބާ ވެލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355