twitterviber whatsapp telegramfacebookyoutube instagram
4th November 2025

އެއާރޕޯޓްގެ އީއައިއޭ ގެ މައުލޫމާތު އާންމުންނާއި ހިއްސާކުރުމަށް މިރޭ ޖަލްސާއެއް ބާއްވަނީ

Apr 20, 2017

ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއާރޕޯޓުގެ އީއައިއޭ ރިޕޯޓާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެއާރޕޯޓުގެ އީއައިއޭ ރިޕޯޓުގެ ކޮންސަލްޓެންސީގެ ބޭފުޅުން ވަނީ އިއްޔެ ކުޅުދުއްފުއްޓަށް ވަޑައިގެންފަ ކަމަށާއި އެގޮތުން މިރޭ 8:45 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ރައްޔިތުންނާއި ބައްދަލު ކުރައްވާ އީއައިއޭ ގެ މައުލޫމާތު ދިނުމަށް ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދީ މިއަދު ހެނދުނު ކުޅުދުއްފުށީ މުވައްސަސާތަކާއި ކުލަބު ޖަމިއްޔާތަކާއިވެސް ބައްދަލުކޮށްފައިވާ ކަމަށާއި އެބޭފުޅުންނަށްވެސް އީއައިއޭގެ މައުލޫމާތު އެބޭފުޅުން ހިއްސާކޮށްފައިވާ ކަމަށްވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.

މި މި ބައްދަލުވުމުގައު މުވައްސަސާތަކުން ބޮޑު އެއްބާރުލުމެއް ލިބިފައިވާކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355