އަންނަ އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އިތުރުން ތެލުގެ އަގު ވެސް ހެޔޮކުރުމަށް ނިންމައިފިއެވެ.
އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެފައި ވަނީ ކާޑުގެ ބާވަތްތަށް ހަމަޖެއްސެވުމަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން، އެސްޓީއޯއާއެކު ކުރެއްވި މަޝްވަރާތަކަކަށްފަހު ކަމަށެވެ.
އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ހަނޑުލާއި ހަކުރުން %15، ފުށުން %12 އާއި ޑީސަލް ލީޓަރަކުން 10 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 20 ލާރި ހެޔޮ ކުރުމަށް އެސްޓީއޯއިން ވަނީ ކަނޑައަޅާފައި އެވެ.