twitterviber whatsapp telegramfacebookyoutube instagram
14th August 2026

2016 ވަނަ އަހަރަކީ “އެންމެ ކާމިޔާބު އަހަރު” ކަމަށް ބޭންކުން ބުނެފި

Apr 20, 2017

2016 ވަނަ އަހަރަކީ ބީއެމްއެލްގެ ” އެންމެ ކާމިޔާބު އަހަރު” ކަމަށާއި މުޅި ރާއްޖެއަށް އިންވެސްޓްކުރުމަށް ހިންގާ ޕްރޮގްރާމްކުރިއަށް ގެންދަނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ދީފި އެވެ.

އެގޮތުން 2016 ވަނަ އަހަރު ބީއެމްއެލްއަށް ވަނީ ޓެކްސްއަށް ކެނޑުމަށްފަހު ފައިދާ 1.02 ބިލިއަނަށް އަރާފަ އެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު %61 ގެ ކުރިއެރުމެކެއެވެ. އަދި އުމްރާނީ ތަރައްގީއަށާއި މުޖުތަމައުތަކަށް ހިދުމަތް ފުޅާކުރުމަށް 150 މިލިއަން އިންވެސްޓްކޮށް 4 ބްރާންޗާއި 10 ސެލްފް ސާވިސް ބޭންކިން ސެންޓަރުވެސް ވަނީ އަލަށް ގާއިމްކޮށްފަ އެވެ.

މީގެ އިތުރުން 2017 ވަނަ އަހަރު 22 ރަށެއްގައި 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް 150 ވަޒީފާ އުފެދިގެންދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 2016 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާނާއި އަހަރީ ރިޕޯޓް މިއަދު ނެރެފައިވާއިރު ހާމަކުރި ހިސާބުތަކުން ދައްކާގޮތުގައި މެދުނުކެނޑި ފާއިތުވީ އަހަރުތަކުގައި ބޭންކުން ހޯދަމުންދާ މާލީ ކުރިއެރުމަށް މިދިޔަ އަހަރު އިތުރު ހަލުވިކަމެއް އައިސްފައިވެއެވެ.

މިވަގުތު ބޭންކުގެ 34 ބްރާންޗާއި، 85 އޭޓީއެމް، 4000 ޕޮއިންޓް އޮފް ސޭލް މާޗެންޓުން، 200 ކޭޝް އެޖެންޓުން އަދި 27 ސެލްފް ސާވިސް ބޭންކިން ސެންޓަރަކުން ދަނީ މުޅި ރާއްޖޭގައި ހިދުމަތް ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355