twitterviber whatsapp telegramfacebookyoutube instagram
18th May 2024

އެއާޕޯޓްގެ އީއައިއޭ ހިއްސާކުރުމަށް ބޭއްވި ޖަލްސާ “އޮޅުންބޮޅުން”ގެ ތެރެއިން ހޫނުވެ ނިންމާލައިފި

Apr 21, 2017

ކުޅުދުއްފުށީގައި ސަރުކާރުން އަޅަން ވައުދުވި އެއާޕޯޓްގެ އީއައިއޭގެ ރިޕޯޓް ހެދުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ރޭ ވަނީ ޖަލްސާއެއް ބާއްވާފަ އެވެ. އެ ޖަލްސާ ބޭއްވީ އެ ރިޕޯޓް ތައްޔާރުކުރި ކޮންސަލްޓެންސީގެ ބޭފުޅުން އެކަމާ ބެހޭ މުހިއްމު މައުލޫމާތުތަކެއް ރައްޔިތުންނާ ހިއްސާކޮށް ހިޔާލު ހޯދުމަށެވެ. ނަމަވެސް ޖަލްސާ ނިންމާލީ “އޮޅުބޮޅުން”ގެ ތެރެއިން ގޮސް ޖަލްސާ ހޫނުވެގެންނެވެ. ޖަލްސާ ނިންމާލިކަންވެސް އިއުލާންކުރީ ރައްޔިތުންގެ ފަރާތުން ބޭފުޅަކު އެވެ.

ކޮންސަލްޓެންސީގެ ފަރާތުން ވާހަކަ ދެއްކެވީ ޑރ ޒާހިދު އެެވެ. ފުރަތަމަ ޒާހިދު ވާހަކަދެއްކެވީ ޕީއެސްއެމްއިން ކުޅުދުއްފުށީގައި ބަހައްޓާ އެންޓަނާއެއްގެ އީއައިއޭގެ ރިޕޯޓާ ބެހޭ ގޮތުންނެވެ. އެ އެންޓަނާ ބަހައްޓަން ރައްޔިތުން ގަބޫލު ތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ. އެކަމާ ގުޅޭ މާގިނަ ވާހަކަތައް ދައްކަވާނެ ފުރުސަތެއް ޒާހިދުއަކަށް ރައްޔިތުންނެއް ނުދެއްވި އެވެ. ރައްޔިތުންގެ ތެރެއިން ބަޔަކު ތެދުވެ، ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުންތަކެއް މިތަނަން އެއްވެ މިތިބީއެއް ޕީއެސްއެމްއިން ބަހައްޓާ އެންޓަނާގެ މައުލޫމާތު ސާފުކުރުމަށް ނޫންކަމަށާއި ރައްޔިތުން އެއްވެ ތިބީ ރައީސް ޔާމިން ވައުދުވެވަޑައިގެންނެވި އެއާޕޯޓާ ބެހޭ މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ ވާހަކަދައްކަވާފަ އެވެ. މީގެ ކުރިން ވެސް މިރަށުގައި ދެ ކުންފުންޏަކުން އެންޓަނާ ބަހައްޓާފައި އެބަހުރިކަމަށާއި އެކަމުގަވެސް ރައްޔިތުންގެ ބަސް ހޯދާފައިނުވާ ކަމަށް ށެވެ. އެހާ ހިސާބުން ޑރ ޒާހިދުގެ އެއާޕޯޓްގެ އީއައިއޭގެ ރިޕޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ފެށި އެވެ.

ރޭގެ ޖަލްސާގައި ކޮންސްޓަލްސްގެ ފަރާތުން ޑރ ޒާހިދު ވާހަކަދައްކަވަނީ–

އެތަށް ސަތޭކަ ރައްޔިތުންތަކެއް އެއްވެ ތިބި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ޒާހިދު ވިދާޅުވީ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ނިންމާފައިވަނީ އުތުރުކޮޅުގައި އޮންނަ ކުޅި ހިއްކައިގެން ކަމަށެވެ. އެތަން ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވަނީ ރަށުގެ ތެރެއިން ކަމަށެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ރައްޔިތުން ބުނަމުން ދިޔައީ ފަޅުތެރެއިން ބޮޑު ސަރަހައްދެއްވެސް ހިއްކާފައިވަނީ ރަށު ތެރެއިން ވެލި ނަގައިގެން ނޫން ކަމަށް ވިދާޅުވެ ވާހަކަ ދައްކާފަ އެވެ. އަދި އެކަމުން ސަބަބުން ކުޅި ހިއްކުމާއި އެ ސަރަހައްދު ހިއްކުމަށް ވެލި ނެގުމުގެ ސަބަބުން ތިމާވެށީގެ ގޮތުން ނިކުމެދާނެ ނަތީޖާތަކާއި ބެހޭ ގޮތުންވެސް ޑރ ޒާހިދުއަށް ރައްޔިތުންގެ ފަރާތުން ސުވާލު އުފެއްދެވި އެވެ.

ކުޅުދުއްފުށީގެ ގިނަ ރައްޔިތުންތަކެއް ބޭނުންވަނީ އިރުމަތި ފަރާތުގައި އެއާޕޯޓް އަޅަން ކަމަށާއި އިރުމަތި ފަރާތުގައި އެއާޕޯޓް ނޭޅޭކަމަށްވާ ނަމަ ކުޅި ހިއްކައިގެންވިޔަސް އެއާޕޯޓް އެޅުމަށް ގިނަ ރައްޔިތުންތަކެއް ތާއީދުކުރި އެވެ. އެކަމަކު އެ ޖަލްސާއަށް ގޮސް ތިބި ތިމާވެށިގެ އެކްޓިވިސްޓުން ވަނީ ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް ސީދާ ދެކޮޅު ހަދައި ވާހަކަ ދައްކާފަ އެވެ. ނަމަވެސް ރައްޔިތުންގެ ތެރެއިން ބަޔަކު އަޑުގަދަ ކުރުމުގެ ސަބަބުން އެމީހުންނަން ވާހަކަ ދައްކާނެ ގިނަ ފުރުސަތުތަކެއް ގެއްލިގެންދިޔަ އެވެ.

ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުއްވާނެކަމަށް ވިދާޅުވި އެއާޕޯޓް އޭޅި ލަސްވުމުން އަދި މިއަހަރު ކުޅުދުއްފުށީގައި އެއާޕޯޓް އަޅައި ހިދުމަތްވެސް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފަވާތީ، މިހާތަނަން އައިއިރު އީއައިއޭ ރިޕޯޓް އެކަނި ހަދާފައިވާތީ ރައްޔިތުން ވަނީ ރުޅިގަދަވެ ގިނަ ޝަކުވާތަކެއް ބަނޑުކޮށްލާފަ އެވެ. މިހާތަނަން އައިއިރު މިއީ ތައްޔާރުކުރި 2 ވަނަ އީއައިއޭ ރިޕޯޓްކަން ޑރ ޒާހިދުވެސް ވަނީ ޖަލްސާގައި ވިދާޅުވެފަ އެވެ.

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކުރި ސުވާލުތަކަށް ޑރ ޒާހިދު ދެއްވާ ޖަވާބުތައް ނުގުޅުމާއި ގިނަ ބައެއްގެ ޝަކުވާތަކާ ހެދި ޒާހިދުއަށްވަނީ ސުވާލުތަކަށް ޖަވާބުދެއްވާނެ ފުރުސަތު ނުލިބިފަ އެވެ. އަދި ޖަލްސާ ނިންމާނުލަނީސް ރައްޔިތުންގެ ތެރެއިން ބޭފުޅަކު ތެދުވެ މިހާ ހިސާބުން ޖަލްސާ ނިމުނީކަމަށް ވިދާޅުވެ ޖަލްސާވަނީ ނިންމާލާފަ އެވެ.

ޖަލްސާ ނިމުމަށް ފަހު ގިނަ ބަޔަކުވަނީ ޒާހިދުއަށް އިންނެވި މޭޒު ކައިރިއަށްގޮސް ޝަކުވާކޮށް، އަޑުގަދަކޮށްފަ އެވެ. ބައެއް ފަރާތަކުން ރައީސް ޔާމީންގެ އިސްތިއުފާއަށްވެސް ވަނީ ގޮވާލާފަ އެވެ. އަދި އެއާޕޯޓެއް ނާޅާނެކަމަށާއި ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިހާބަށް އަޅުވާ އަނދުނެއްކަމަށް ގިނަ ބަޔަކު އެތަނުގައި ގޮވި އެވެ.

މިޖަލްސާ ބައްވާފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ. މިބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުންވެސް ބައިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355