twitterviber whatsapp telegramfacebookyoutube instagram
15th August 2026

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރެއަލް އާއި އެތުލެޓިކޯ އަދި ޔުވެންޓަސް އާއި މޮނާކޯ

Apr 21, 2017

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއަލް މެޑްރިޑަށް އެންމެ ފަހުގެ ރަނަރއަޕް އެތުލެޓިކޯއާ ދެކޮޅަށް ކުޅެން ޖެހުނުއިރު ޔުވެންޓަސް އިން ނުކުންނާނީ މޮނާކޯއާ ދެކޮޅަށެވެ.

ރެއަލްއިން ވަނީ 2016 އަދި 2014 ވަނަ އަހަރުގެ ފައިނަލުގައި އެތުލެޓިކޯ ބަލިކޮށްފަ އެވެ. މިއީ ރެއަލް މެޑްރިޑުން ވިދިވިދިގެން މި މުބާރާތުގެ ސެމީއަށް ދަތުރުކުރި 7 ވަނަ ފަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއަލް މެޑްރިޑުން ވަނީ މިހާތަނަށް ޖުމްލަ 11 ފަހަރެއްގެ މަތިން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މިއަދު ސްވިޒަލެންޑްގެ ނިއޯންގައި ނެގި ޑްރޯއިން ޔުވެންޓަސް ނުކުންނާނީ މޮނާކޯއާ ދެކޯޅަށެވެ. ޔުވެންޓަސް އިން ވަނީ 2015 ވަނަ އަހަރުގެ ކުއާޓާ ފައިނަލުގައި މޮނާކޯ ބަލިކޮށްފަ އެވެ. މި ޓައި ޔުވެންޓަސް އިން 1-0 ކާމިޔާބުކުރިއިރު ހަމައެކަނި ލަނޑަކީ ޕެނަލްޓީއަކުން ވިޑާލް ކާމިޔާބުކުރި ލަނޑެކެވެ.

މި މުބާރާތުގެ ސެމީގެ ފުރަތަމަ ލެގު މެއި މަހުގެ 2 އަދި 3 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގު ކުޅޭނީ 9 އަދި 10 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355