ކާޑުގެ ބާވަތްތައް 100 އިންސަތަ ބޮޑުކުރުމަށްފަހު އަލުން އަގުހެޔޮކުރަން ނިންމީ ރައްޔިތުން ގުނބޯ ހެދުމަށްކަމަށް ކުރިނބީ ކައުންސިލުގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވެއްޖެ އެވެ.
މުޖުތަބާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓްތަކެއްގަ އެވެ. ޓްވީޓެއްގައި ބުނެފައިވަނީ ހަނޑޫ ކިލޯއެއްގެ އަގު 3.98 ރުފިޔާއަށް ހުއްޓާ ބޮޑުކުރީ 7.96 ރުފިޔާއަށް ކަމަށެވެ. އަދި އަލުން އަގުހެޔޮ ކުރުމުން ހަނޑޫ ކިލޯއެއްގެ އަގު ހުންނާނީ 6.76 ރުފިޔާކަށް މުޖުތަބާކުރެއްވި ޓްވީޓްގައި ބުނެފައިވެ އެވެ.
Hakuru killo eh MVR 4.50 ah liben huhtaa
Bodukohleema MVR 8
Kudakohleema MVR 6.8#GunboaHahdhany
— Mujey 🇲🇻 (@mujey_sh) April 21, 2017
އަދި ހަކުރު ކިލޯއެއް 4.50 ރުފިޔާއަށް ލިބެން ހުއްޓާ ބޮޑުކޮށްލީމަ 8 ރުފިޔާ އެރި ކަމަށާއި އަގުހެޔޮކުރުމުން ލިބެނީ 6.8 ރުފިޔާ ކަމަށެވެ. އަދި ފުއް ކިލޯއެއް އަގު 3.50 ރުފިޔާއަށް ލިބެން ހުއްޓާ ބޮޑުކޮށްލީމަ 5.96 ރުފިޔާ އެރި ކަމަށާއި އަގުހެޔޮކުރުމުން އަރަނީ 5.24 ރުފިޔާ ކަމަށް މުޖުތަބާ ކުރެއްވި އިތުރު ޓްވީޓެއްގައިވެ އެވެ. އެހެންކަމުން އަގުހެޔޮކުރީ ރައްޔިތުން ގުނބޯ ހެދުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
Handoo kiloo eh MVR 3.98 ah liben huhtaa
Bodukohleema MVR 7.96
Kudakohleema MVR 6.76#GunboaHahdhany
— Mujey 🇲🇻 (@mujey_sh) April 21, 2017
މުޖުތަބާގެ އިތުރު ޓްވިޓަކަށް ބަލާލާއިރު ކާޑުގެ އަގު ބޮޑުކޮށްލީ 100 ޕަސެންޓް ކަމަށާއި އަގުހެޔޮކުރީ ކުޑަކޮށްލީ 12 ޕަސެންޓް 15 ޕަސެންޓްކަން ފާހަގަކޮށް އެކަމަށް ފާޑު ވިދާޅުވެފައިވެ އެވެ.
Bodu kohlee 100%
Kudakohlee 12% 15%#GunboaHahdhany pic.twitter.com/OzlCAjRv1N
— Mujey 🇲🇻 (@mujey_sh) April 21, 2017
އަންނަ އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އިތުރުން ތެލުގެ އަގު ވެސް ހެޔޮކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ހަނޑުލާއި ހަކުރުން %15، ފުށުން %12 އާއި ޑީސަލް ލީޓަރަކުން 10 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 20 ލާރި ހެޔޮ ކުރުމަށް އެސްޓީއޯއިން ވަނީ ކަނޑައަޅާފައި އެވެ.