twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ހިންގި ވޯކްޝޮޕް ނިންމާލައިފި

Apr 22, 2017

ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ޔޫއެންޑީޕީ އިން ދެދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ކުޅުދުއްފުށީ ނޯދަން އޮފީސް ކޮމްޕްލެކްސްގެ ޖަލްސާކުރާ ހޯލުގައި މިއަދު ބޭއްވި މި ޖަލްސާގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ޔާސްމީން ރަޝީދު ވިދާޅުވީ މި ޕްރޮގްރާމްގެ މަގުސަދަކީ ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކޮށް މި މައިދާނުގައި އަންހެނުން މަސައްކަތްކުރާ މިންވަރު އިތުރު ކުރުން ކަމަށެވެ.

އެގޮތުން ޔޫއެންޑީޕީގެ ހެޔޮވެރިކަމާއި ބެހޭ ޔުނިޓްގެ އެންމެ ބޮޑު ފޯކަސްއެއް އޮތީ މި އަހަރު ހދ އަތޮޅުގައި ވޯކްސޮޕްތައް ހިންގުމަށް ކަމަށާއި އެގޮތުން މި އަހަރުގެ ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނީ ހދ އަތޮޅަށް އަމާޒުކޮށްގެން ކަމަށް ޔާސްމީން ވިދާޅުވި އެވެ.

މި ވޯކްޝޮޕްގައި ކުޅުދުއްފުށީގެ އިތުރުން ހދ ފިނޭ، ކުރިނބީ އަދި ނެއްލައިދޫއިން ޖުމްލަ 10 ބައިވެރިންވަނީ ބައިވެރިވެފަ އެވެ. އޭގެތެއިން 1 ބައިވެރިއަކު ފިޔަވާ އެހެން ހުރިހާ ބައިވެރިންނަކީ އަންނަ ލޯކްލަ ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ބޭފުޅުންކަން ފާހަގަ ކޮށްލަމެވެ.

މި ވޯކްޝޮޕް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފެވެ.

މި ޖަލްސާ ނިންމާލުމަށްފަހު ޖަލްސާގެ ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކުރުމުގެ ސެޝަންއެއް ބާއްވާފަ އެވެ. މި ޖަލްސާގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ބޭފުޅުންގެ އިތުރުން އަންހެނުންގެ ޖަމިއްޔާ އަދި ބިލީފުންވެސް ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355